ހެނދުނު އައި ބިންހެލުމުގައި ޓައިވާނުގައި ޢިމާރާތެއް އަރިއަޅާލާފައި، 26 ޢިމާރާތް ވެއްޓިފައިވޭ

ދުނިޔެ

25 އަހަރުތެރޭ އައި އެންމެ ބާރުގަދަ ބިންހެލުމާއިއެކު ޓައިވާނަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ

އަލީ އަޒްޔަން - އޭޝިއާ | 3 އޭޕުރިލް 2024 , ބުދަ 11:25   647

ޓައިވާނަށް މިދިޔަ 25 އަހަރުތެރޭ ދުށް އެންމެ ބާރުގަދަ ބިންހެލުން ބުދަ ދުވަހުގެ ހެނދުނު އައިސްފައިވާއިރު، އެ ބިންހެލުމުގައި ހަތަރު މީހަކު މަރުވެފައިވާއިރު މުޅި ޖަޒީރާގެ ދިހަވަރަކަށް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ބިންހެލުމުގެ މަރުކަޒު އޮތީ އެ ޖަޒީރާގެ އިރުމަތީ އައްސޭރީގައި އޮންނަ ހޫއަލިއަން ކައުންޓީގއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން 7.4 މެގްނިޓިއުޑްގެ ބިންހެލުން މިންކުރިއިރު ޓައިވާންގެ މޮނިޓަރިން އެޖެންސީން ވަނީ 7.2 މެގްނިޓިއުޑްގައި ކަމަށް ބުނެފަ އެވެ.

ޓައިވާންގެ ނޭޝަނަލް ފަޔަރ އެޖެންސީން ބުނީ ހުއާލިއެން ކައުންޓީގައި މަދުވެގެން ހަތަރު މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހުންނަކީ ފަރުބަދަމަތީ ސަރަހައްދުގައި ހިލަ ވެއްޓި މަރުވި ހައިކަރުން ކަމަށް ބެލެވޭ ކަމަށް ލޯކަލް ނޫހެއް ކަމަށްވާ ޔުނައިޓެޑް ޑެއިލީ ނިއުސް އިން ބުނެފި އެވެ.

ރޮއިޓާސް އިން ބުނާ ގޮތުގައި އެ ޖަޒީރާގައި މަދުވެގެން 26 އިމާރާތެއް ވެއްޓި 50 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

މި ކާރިސާގެ އެންމެ ޑްރާމާ ބައެއް ތަސްވީރުތަކުން ފެންނަނީ ހޫއަލިއަން ސިޓީގެ ފަސް ބުރީގެ އިމާރާތެއް ފުރަތަމަ ފަންގިފިލާ ވެއްޓުމަށް ފަހު ކަނާތް ފަރާތަށް ޑައިގޮނަލީ ގޮތަކަށް ލެނގިލައިގެން ހުރިތަނެވެ.

މި ބިންހެލުމުގެ ސަބަބުން ޖަޕާނާއި ފިލިޕީންސްގެ ބައެއް ހިސާބުތަކަށް ސުނާމީގެ އިންޒާރު އިރުގަނޑަކަށް ދިން ނަމަވެސް އޭގެ ދެތިން ގަޑިއިރު ފަހުން އެ ބިންހެލުންތައް އުފުލާލީ ބޮޑު ރާޅެއް ފެނިފައި ނުވާތީ އެވެ.

ޓެގްސް: ޓައިވާން ޓައިވާން ޓައިވާން ބިންހެލުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.