ޕީޕީއެމްގެ ސެނެޓަރ އަދި އެމްއޭސީއެލްގެ ޑީއެމްޑީ ރައީސް ޑރ. މުޢިއްޒު އާއި ސަލާންކުރައްވަނީ

ހަބަރު

ތަސައްވުރާއި އެއްގޮތަށް ތަރައްޤީ ކުރުމަށް ފުރިހަމަ ޤާނޫނީ ބާރު ވެރިކަން މި ސަރުކާރަށް ދޭންޖެހޭ - ލައްމާން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 އޭޕުރިލް 2024 , ބުރާސްފަތި 00:41 1   593

ދިވެހީންގެ ރާއްޖެއަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ކުރައްވާ ތަސައްވުރާއި އެއްގޮތަށް ތަރައްޤީ ކުރުމަށް ފުރިހަމަ ޤާނޫނީ ބާރު ވެރިކަން މި ސަރުކާރަށް ދޭންޖެހޭކަމަށް ޕީޕީއެމްގެ ސެނެޓަރ އަދި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލައްމާން ވިދާޅުވެއްޖެއެވެ.

ލައްމާން މިފަދައިން ވިދާޅުވެފައިވަނީ ސޯޝަލްމީޑިއާގައި ޙިއްޞާކުރައްވާފައިވާ ޕޯސްޓަކާއިއެކުއެވެ.

ލައްމާން އިތުރަށް ވިދާޅުވީ ޕީ.ޕީ.އެމް /ޕީ.އެން.ސީގެ ކެނޑިޑޭޓުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުރިހަމަ މެޖޯރިޓީ ލިބިގެންނޫނީ ރަޢީސް މުޢިއްޒު ވެ ވަޑައިގެންފައިވާ ވަޢުދުތައް ފުއްދައިނުދެވޭނެކަމަށެވެ.

ލައްމާން މިފަދައިން ވިދާޅުވެފައިވާއިރު ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށްޓަކައި 200 އަށްވުރެ ގިނަ ޤާނޫނުތައް ފާސްކުރަންޖެހިފައިވާކަމަށެވެ. އޭގެތެރޭގައި ބޯހިޔާވަހިކަމާއި ގުޅުންހުރި ގިނަ ބިލްތަކެއް ހިމެނެއެވެ. އެހެންކަމުން ސަރުކާރު ކެންޑިޑޭޓުން ހޮވައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުޙިއްމުކަމަށެވެ.

ރައްޔިތުންގެ އެދޭ ތަރައްގީއާއި އިޤްތިޞާދީ ބާރާއި ކުރިއެރުން ހޯދުމަށް ސަރުކާރު ކެނޑިޑޭޓުންނަށް ވޯޓުދެއްވުމަށް ތަކުރާރުކޮށް ލައްމާނު އެދިވަޑައިގެންފައިވެއެވެ. އަދި އަންނަނީ ކެމްޕޭނުގައި ބުރަކޮށް މަސައްކަތްކުރައްވަމުންނެވެ.

މިލިޔުމާއިގުޅޭ:

އިތުރުގުޅުންހުރި ސުރުޚީތައް

އައްޑޫސިޓީ، ސިޔާމްގެ ޚާއްޞަ ޙަރަކާތެއް މިރޭ ޕީއެންސީ ހިތަދޫ ކެމްޕޭން ކޯޑިނޭޓަރ ޝަރީފް އާއިއެކު

އައްޑޫސިޓީ، ސިޔާމް ބޭނުންވަނީ ޤާނޫނީ ބާރުވެރިކަމުގެ ތެރެއިން ރަނގަޅު އިޤްތިޞޯދެއް އައްޑޫގައި ބިނާކުރަން

ޓެގްސް: ޕީޕީއެމް މަޖިލީސް އިންތިޚާބު އެެމްއޭސީއެލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.