ޣައްޒާގެ އުތުރުގެ ޖަބަލިއާ

ދުނިޔެ

ޣައްޒާގެ އުތުރުގައި މީހަކަށް ގިނަވެގެން ލިބެނީ ދުވާލަކު 245 ކެލޮރީ: އޮކްސްފާމް

ދާނިޝް - މެދުއިރުމަތި | 6 އޭޕުރިލް 2024 , ހޮނިހިރު 11:10   745

ޣައްޒާގެ ވަށާލާފައިވާ ސްޓްރިޕްގެ އުތުރުގެ މީހުންނަށް ލިބެން ހުންނަ ކާބޯތަކެތީގެ އަދަދަކީ ދުވާލެއްގެ މައްޗަށް ކޮންމެ މީހަކަށް ބޭނުންވާ 2،100 ކެލޮރީގެ މިންވަރުގެ 12 އިންސައްތައަށްވުރެ މަދު އަދަދެއް ކަމަށް އޮކްސްފާމް އިންޓަނޭޝަނަލް އިން ނެރުނު ބަޔާނަކުން ބުނެފިއެވެ.

އޮކްސްފޭމް އަކީ ބައިނަލްޢަޤްވާމީ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތެކެވެ.

އެ ޖަމާޢަތުން ބުނީ އެ ހިސާބު ހަދާފައިވަނީ ޑިމޮގްރަފިކް ޑޭޓާ ބޭނުންކޮށްގެން ކަމަށެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު ހަނގުރާމަ ފެށި ފަހުން ޣައްޒާއަށް ކާބޯތަކެތީގެ ބާވަތްތައް ޑެލިވަރީ ކުރުމުގެ ހުއްދަ ދީފައިވާ މިންވަރަކީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ކޮންމެ މީހަކަށް ބޭނުންވާ ކެލޮރީގެ 41 އިންސައްތަކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އޮކްސްފާމް އިން ބުނީ ޣައްޒާގައި ކާބޯތަކެތީގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދެނެގަތުމުގެ މަސައްކަތުގައި އުމުރާއި ޖިންސަށް ބަލާއިރު، ޣައްޒާގައި ދުވާލެއްގެ މައްޗަށް ކެލޮރީބޭނުންވަނީ ކިހާ ވަރަކަށްކަން އިސްރާއީލުގެ ސަރުކާރަށް އެނގޭ ކަމަށެވެ.

އޮކްސްފާމް އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޑައިރެކްޓަރު އަމީތާބް ބެހާރު ވިދާޅުވީ އިސްރާއީލުން ކަންކަން ނިންމަމުން ދަނީ ފަލަސްތީނުގެ ރައްޔިތުން ބަނޑުހާހޫނުކަމުގައި ބޭތިއްބުމަށެވެ.

"އަމިއްލައަށް ދުވާލު 245 ކެލޮރީގައި ދިރިއުޅެން މަސައްކަތް ކުރުމުގެ އިތުރުން ދަރިން ނުވަތަ މުސްކުޅި ގާތްތިމާގެ މީހުން ވެސް އެގޮތަށް ކަންތައް ކުރާތަން ބަލަން ޖެހުމަކީ ކޮންކަހަލަ ކަމެއްކަން ވިސްނާލާ. އަދި އެއީ ގެދޮރު ގެއްލި... އަދި ޑްރޯންއާއި ބޮމުގެ ނުރައްކަލުގެ ދަށުވާ ހާލު..." އަމީތާބް ވިދާޅުވިއެވެ.

ހަނގުރާމާގައި އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމު މަގުން ދިން ހަމަލާތަކުގައި މިހާތަނަށް 33،037 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ އިރު، އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 75،668 މީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މަރުވި މީހުންގެ ގާތްގަނޑަކަށް 40 ޕަސެންޓަކީ ކުޑަކުދިންނެވެ.

ފަލަސްތީނުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާތްގަނޑަކަށް 1.7 މިލިއަން މީހުން ނުވަތަ އާބާދީގެ 75 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ. އިން ބުނެފައިވާ އިރު މިހާރު ޣައްޒާގެ އެންމެ ދެކުނު ފަރާތުގައި ވާ ރަފާގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ މިސްރާއި ގުޅިފައިވާ ބޯޑަރު ކައިރީގައެވެ.

ހަމައެހެންމެ ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ކުޑަކުދިން މަރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވެފައި ވާއިރު އިންޓަގްރޭޓެޑް ފުޑް-ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަނުން ބުނީ ޣައްޒާގެ އުތުރުގައި މެއި މަހުގެ ތެރޭގައި ބަނޑުހައިހޫނުކަން އަންނާނެ ކަމަށާއި ޖުލައި މަހުގެ ތެރޭގައި އެންކްލޭވްގައި ބަނޑުހައިހޫނުކަން ފެތުރިދާނެ ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނުގައި މިހާތަނަށް ޣައްޒާގައި 60 އިންސައްތައަށްވުރެ ގިނަ ހައުސިން ޔުނިޓް ހަލާކުވެފައިވާއިރު، 392 ތައުލީމީ މަރުކަޒާއި 123 އެމްބިއުލާންސާއި 184 މިސްކިތް ވަނީ ސުންނާފަތި ކޮށްލާފައެވެ.

ޓެގްސް: ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.