ޕީޕީއެމްގެ ސެނެޓަރ މުޙައްމަދު ލަމްޢާން ރައީސް މުޢިއްޒު އާއިއެކު

ހަބަރު

"އެއްފަރުދަކަށްވުރެ ޤައުމު މާ ބޮޑު، އިހުލާސްތެރިކަމަކީ ކަނުއެއްޗަކަށް ބަލައިގެން އުޅެގެންނުވާނެ" - ލަމްޢާން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 އޭޕުރިލް 2024 , ބުދަ 21:33   406

މުޅި ޤައުމު ފަނާކޮށްލި ބަޔަކާއެއްކޮޅަށް ވާހަކަފުޅުދައްކާ ބޭފުޅުންގެ ވިސްނުންހުރީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރަންކަމަށާއި، މުޅި ޙަޔާތް އެންމެ ފަރުދަކަށްޓަކައި ބޭކާރުކޮށްލަން ނުޖެހޭކަމަށް ޕީޕީއެމްގެ ސެނެޓަރ މުޙައްމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ކޮންމެ ރެއަކު ޖަލްސާ ބާއްވައި ސަރުކާރަށް ފާޑު ވިދާޅުވަމުންދާ ދަނޑިވަޅެއްގައި، ސޯޝަލްމީޑިއާގައި ޢާއްމުކުރެއްވި މެސެޖެކާއިއެކު ލަމްޢާން ވިދާޅުވީ ކެތްތެރިކަމާއިއެކު ހުންނެވޭތޯ ބެއްލެވިކަމާށާއި އެކަމަކު މިހާރު ކެތްތެރިކަން ކޮޅުން ލައިފިކަމަށެވެ.

ލަމްޢާން އިތުރަށް ވިދާޅުވީ ޕާޓީ އާއި ސަޕޯޓަރުންނާއި އަސްލު ފިކުރުދޫކުރައްވައި ވަޑައިނުގަންނަވާކަމަށާއި، ޕީޕީއެން/ ޕީއެންސީ ލީޑަރޝިޕުން ވެސް އެގޮތް ބޭނުންފުޅު ނުވާކަމަށެވެ.

"2018ގެ ވެރިކަން ވައްޓާލަން އުޅުނު ދެމީހެއްގެ ބަހަށް ހެއްލި މި ހުރިހާ ކަމެއް ދޫކޮށްލާފަ ވަޑައިތީ ރައީސް ޔާމީން. މުޅި ޤައުމު ފަނާކޮށްލި ބަޔަކާއެއްކޮޅަށް ވާހަކަފުޅުދައްކާ ބޭފުޅުންގެ ވިސްނުންއެހެރީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރަން." ލަމްޢާން ވިދާޅުވިއެވެ.

ރައީސް ޔާމީން ބާއްވަމުން އަންނަ ޖަލްސާތަކުގައި ސީޔާސީ އިސް ސަފުގައި މީގެ ކުރިން ތިއްބަވާ އެއްވެސް ބޭފުޅަކު އެމަނިފާނު ބާއްވާ ޖަލްސާތަކުން ނުފެނެއެވެ. އެންމެ ކުރީސަފުން ފެނިގެން ދަނީ އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބަކަށް ހުންނެވުމަށްފަހު 2018 ވަނަ އަހަރު ވެރިކަން ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި އެކަހެރިކުރެއްވި މުޙައްމަދު ޖަމީލު އަހުމަދު އާއި ކޮއްކޯފުޅު މަލީހް ޖަމާލު އެކަންޏެވެ.

ލަމްޢާން ވިދާޅުވީ، ލީޑަރޝީޕް އާއި އަމިއްލަފުޅު ފިކުރަކީ “އެންމެ ފުރަތަމަ ޤައުމު”ހިމެނޭ ޝިޢާރުކަމަށެވެ.

ލަމްޢާން ކުރައްވާފައިވާ ޓުވީޓް

މިލިޔުމާއިގުޅޭ:

ތަސައްވުރާއި އެއްގޮތަށް ތަރައްޤީ ކުރުމަށް ފުރިހަމަ ޤާނޫނީ ބާރު ވެރިކަން މި ސަރުކާރަށް ދޭންޖެހޭ - ލަމްޢާން

ޓެގްސް: މުޙައްމަދު ލަމްޢާން ޕީއެންސީ ރައީސް ޔާމީން ޕީޕީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.