ކުރީގެ ރައީސް ޔާމީން

ހަބަރު

ޔާމީން މިނިވަންވެއްޖެ، މައްސަލަ ބާޠިލްކޮށް އަލުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 އޭޕުރިލް 2024 , ބުރާސްފަތި 18:01   721

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ޚިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޙުކުމް ހައިކޯޓްގައި އިސްތީޢްނާފްކުރުމުން، އެމައްސަލަ ބަލައި އޭގެ ތެރެއިން 4 އަހަރުގެ ދުވަހު ޙުކުމް ބާޠިލްކޮށް އަލުން މައްސަލަ ބެލުމަށް އަމުރު ނެރެފިއެވެ.

ތިން ފަނޑިޔާރުން ހިމެނޭ ބެންޗާއިއެކު ހައިކޯޓުން އިއްވާފައިވާ ޙުކުމްގައި ބުނެފައިވަނީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށާއި، އެކަށިގެންވާ އުޒުރެއް ނުދެއްކި، ދިފާޢީ ހެކި ބަލައިނުގަތުމަށް ނިންމި ނިންމުން ގޯސްކަމަށެވެ. އަދި ވަކީލުންނަށް އެކަމުގައި ފުރުޞަތު ދީފައި ނުވާކަމަށެވެ.

ހަމައެހެންމެ މީންގެ މާލީ ބަޔާނުގައި (މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން) އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ބެލީ ގާނޫނާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ.

ހައިކޯޓުން މިމައްސަލަ އަށް އަމުރު ނެރުއްވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ރިޔާސަތުގައި އިސް ފަނޑިޔާރެއްގެ ގޮތުގައި އިންނެވީ ހުޒައިފާ އެވެ.

ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

މިމައްސަލަގެ އަޑުއެހުންތައް ނިމި ޙުކުމް އިއްވުން ލަސްވާތީ ޔާމީންގެ ޓިމުން ވަނީ ސަރުކާރުން މައްސަލައިގެ ތެރެއަށް އަތްބާނާކަމަށް ތުހުމަތުކޮށްފައެވެ. އަދި މި މައްސަލަ އަވަސްކޮށްދިނުމަށް، އެމްޑީޕީގެ ފަރާތުން ޖުޑިޝަލް ސާވިލްކަމިޝަނަށް ހުށަހެޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ މިއަދު މިވަނީ ޙުކުމް އިއްވާފައެވެ.

ޔާމީންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ، މިމައްސަލަ އަލުން ބެލުމަށް ނިންމީ އެމްޑީޕީގެ ނުފޫޒުންކަމަށެވެ. އެމްޑީޕީ އިން ބޭނުންވަނީ ސަރުކާރަށް ވެސް ރައީސް ޔާމީން އަށް ވެސް ޕްރެޝަރކުރުންކަމަށެވެ.

މިމައްސަލަ ލަސްވާ ސަބަބާއި ގުޅިގެން ރޭ ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މައްސަލަ ލަސްވުމުގައި އެމަނިކުފާނުގެ އަތެއް ނޯންނާނެކަމަށާއި، މައްސަލަ ލަސްވަނީ އެމްޑީޕީގެ ނުފޫޒުންކަމަށެވެ.

މިވާހަކަތަކަށް މިހާތަނަށް އެމްޑީޕީ އިން ރައްދު ދީފައިނުވެއެވެ.

މި ލިޔުމާއިގުޅޭ:

މެންދުރު ޔާމީންއަށް ޙުކުމްއިއްވުން: ރައީސް މުޢިއްޒު ވިދާޅުވީ އުންމީދަކީ މިނިވަންވުންކަމަށާއި ކޯޓަށް ނުފޫޒުފޯރުވަނީ އެމްޑީޕީ އިންކަމަށް

ޓެގްސް: ރައީސް ޔާމީން އެމްއެމްޕީއާރުސީ ކަރަޕްޝަން ހައިކޯޓް ކޮރަޕްޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.