ޢާއިލާ އަކުން މައިވަންތަކަމުގެ ދުވަސް ފާހަކަ ކުރަނީ

ދުނިޔެ

މައިވަންތަ ކަމުގެ ދުވަސް، އަސްލު ދުވާހާއި ސަބަބު އޮޅިފައި

އަލީ އަޒްޔަން - އެހެނިހެން | 8 މެއި 2022 , އާދީއްތަ 10:57   465

ދިވެހިރާއްޖޭގައި މައިން ނުވަތަ މަންމަ އިންގެ ދުވަސް ރަސްމީގޮތެއްގައި ފާހަގަކުރަނީ މޭއި މަހުގެ 13 ވަނަ ދުވަހު އެވެ. މިފަދަ އެހެން ބައެއް ދުވަސްތަކަކީ ރާއްޖޭގައި ވެސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރާ ދުވަސްތަކެވެ.

މިސާލަކަށް މިއަންނަ ކުޑަކުދިންގެ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރުމަށްޓަކައި ސަރުކާރުން ޕްރޮގްރާމްތަކެއް ރާވާފައި އެބަހުއްޓެވެ. ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ދިވެހިރާއްޖޭގައި ފާހަގަ ކުރާ ދުވަހަކީ މޭމަހުގެ 10 ވަނަ ދުވަހެވެ. ނަމަވެސް މިދުވަހަކީ ރާއްޖެއަށް ޚާއްސަދުވަހެކެވެ. ހަމަ އެއާއި ވިދިގެން، މޭމަހުގެ 12 ވަނަ ދުވަހަކީ ދިވެހި ރާއްޖޭގައި ނަރުހުންގެ ދުވަސް ފާހަގަކުރާ ދުވަހެވެ.

މިނޫނަސް މިފަދަ އެތައް ދުވަހެއް ރާއްޖެ ނޫނަސް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ފާހަގަ ކުރެއެވެ. މަޤްޞަދަކަށް ގުޅިފައި އޮންނަނީ އެއްބަޔަކު ބާކީ ނުކުރުމާއި ހުރިހާ އެންމެންގެ ވެސް ޙައްޤުތައް ހަނދާންކުރުމެވެ. އަދި މިފަދަ މުނާސަބަތު ތަކުން މުޖްތަމަޢުގެ އަފްރާދުންގެ ގުޅުން އާވެ، ސަލާން ގަލާން ކުރުމަށްޓަކައި ފުރުޞަތެއް ލިބެއެވެ.

ސޯސަލް މީޑިއާއަށް ބަލާލުމުން، މަންމައިންނާއި މާމައިންގެ ފޮޓޯތަކުން ވަނީ ބަންޑުންކުރަން ފަށައިފައެވެ. ތަރްޙީބާއި ޝުކުރުގެ ބަސްތަކުން ވަނީ ގުގުމަން ފަށައިފައެވެ.

މައިވަންތަކަމުގެ ދުވަސް ކޮންދުވަހެއްތޯ ބަލާލުމަށް ގޫގްލްގައި ޖަހައިފިނަމަ އަންނާނީ މޭއި މަހުގެ 8 ވަނަ ދުވަސް (ކޮންމެ މޭއި މަހެއްގެ ދެވަނަ އާދީއްތަ) ކަމުގައެވެ. ދުނިޔޭގެ 100 ވަރަކަށް ޤައުމުގައި މިދުވަސް ފާހަގަ ކުރަނީ ހަމަ މިގޮތަށް ބަލައިގެންނެވެ. އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނެއެވެ.

އިސްލާމީ ގިނަ ޤައުމުތަކުގައި މައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ މާރޗް މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެތެރޭގައި ސައުދިޢަރަބިއާ، ޔަމަން، މިޞްރު، ޤަތަރު، ޢިމާރާތު، ލުބްނާން، ކުވައިތް، ފަލަސްތީނާއި ބަޙްރައިނު ހިމެނެއެވެ. މިޤައުމުތަކުގައި މިދުވަސް ފާހަގަކުރަނީ 'ސްޕްރިންގް އިކުއިނިކްސް' ކިޔާ އިރުގެ ޙަރަކާތަކަށް ބަލައިގެން ކަމަށް ވެއެވެ.

ކޮންމެއަކަސް އެކި ޤައުމުތަކުގައި މިދުވަސް ފާހަރަ ކުރަނީ އެކި ސަބަބުތަކާއި ގުޅުވައިގެން އެކި ދުވަސްވަރުއެވެ. ހަމަ ގައިމު ވެސް ދިވެހިރާއްޖޭގެ ކަލަންޑަރުގައި 'މަދާސްޑޭ' ގެ ގޮތުގައި އޮތް ދުވަހަކީ މޭމަހުގެ 13 ވަނަ ދުވަހެވެ.

ގޫގަލް ނުބަލައި އަހަރެމެންގެ ޤައުމުގައި މިފަދަ ދުވަސްތައް ފާހަގަ ކުރާ ދުވަސްތައް ބަލައި، އެދުވަސްތައް ފާހަގަ ކުރަނީ ކީއްވެތޯ ބަލަން ޖެހިއްޖެއެވެ. އަދި މިފަދަ ދުވަސްތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފަންވެއްޖެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.