މުޙައްމަދު ބިން ޒައިދު އާލް ނަހްޔާން، ދުބާއީ އަދި ޔޫއޭއީގެ ތިންވަނަ ރައީސް

ދުނިޔެ

ޔޫއޭއީގެ އައު ރައީސްކަމާއި އަބޫ ދާބީގެ އިސްވެރިޔާގެ މަޤާމަށް މުޙައްމަދު ބިން ޒައިދު އާލް ނަހްޔާން އައުން

ދާނިޝް - މެދުއިރުމަތި | 16 މެއި 2022 , ހޯމަ 19:54   532

ޔޫއޭއީގެ ރައީސްގެ މަޤާމަށް މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނު އިންތިޚާބުކޮށްފިއެވެ. އިންތިޚާބުކުރީ އަބޫދާބީގެ ފެޑެރަލް ސުޕްރީމް ކައުންސިލުނެވެ. އަދި އޭނާވަނީ އަބޫ ދާބީގެ އިސްވެރިޔާގެ މަޤާމާވެސް ޙަވާލުވެ ވަޑައިގެންފައެވެ.

މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނު މި މަޤާމަށް އިންތިޚާބުކޮށްފައިވަނީ އެ ޤައުމުގެ ޤާނޫނުއަސާސީގައި ވާގޮތަށް އެ ޤައުމުގެ ހަތް ރަށުގެ އިސްވެރިންގެ ބައްދަލުވުމެއްގައެވެ. ޔޫއޭއީގެ ރައީސްގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބުކޮށްފައިވަނީ އެ މަޤާމުގައި ހުންނެވި ޢުމުރުފުޅުން 73 އަހަރުގެ ޝޭޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާނު އަވަހާރަވުމުންނެވެ.

2014 ވަނަ އަހަރުގެ ތެރޭގައި އެމަނިކުފާނަށް ސުޓްރޯކެއް ޖެހިވަޑައިގަތުމުގެ ސަބަބުން ވެރިކަމުގެ ގިނަ އަދި މުހިންމު މަސްޢޫލިއްޔަތުތައް ޢަދާކުރެއްވީ އޭނާގެ އެއްބަފާ ކޮއްކޯފުޅު މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނެވެ.

އުމުރުފުޅުން 73 އަހަރުގައި ދުނިޔެ ދޫކުރެއްވި ޒަމާނީ ޔޫއޭއީގެ ބާނީ ޝޭޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާން އިސްލާމީޤައުމުތަކުގެ ވެރިންނާއިއެވެ. ޒައިދު އެނާރޖީ ފައުންޑޭޝަނުން ޖިވެހިރާއްޖެއަށް ވެސް ގިނަގުނަ އެހީތަކެއް ވެދެއްވާފައިވެއެވެ.

މުޙައްމަދު ބިން ޒައިދު ވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި ޔޫއޭއީއަށް ތަފާތު އެތައް ގިނަ ކުރިއެރުންތަކެއް ހޯއްދަވާ އާންމުންގެ ލޯބި ހޯދައިފައެވެ. އޭނާ ކޮށްދެއްވި ޙިދުމަތްތަކަށް ބަލާއިރު މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނުވަނީ ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ ޔޫއޭއީއަކީ ބައިނަލްއަޤްވާމީ މައިދާނުގައި ނުފޫޒުގަދަ އަދި ބަސްވިކޭ ޤައުމަކަށް ހައްދަވައިފައެވެ. އަދި އޭނާގެ މޭސްތިރިކަމުގެ ދަށުން ޔޫއޭއީގެ އަސްކަރިއްޔާވަނީ ދުނިޔޭގެ ކުރިއަރާފައިވާ ބާރަކަށް ހައްދަވައިފައެވެ. އޭގެ އިތުރުން ޔޫއޭއީން އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ ގުޅުން ޤާއިމުކުރުމުގެ ފަހަތުގައި ހުންނެވީވެސް އޭނާއެވެ. އެ ގުޅުމުގެ ތެރެއިން ޔޫއޭއީގެ އިޤްތިޞާދާއި އަސްކަރިއްޔާ ތަރައްޤީކުރުމަށް އިސްރާއީލާއެކު މުޙިއްމު އެއްބަސްވުންތަކެއްގައި އޭނާ ސޮއިކުރެއްވިއެވެ.

ޢުމުރުފުޅުން 61 އަހަރުގެ މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނަކީ ޢަރަބި ދުނިޔޭގެ ސިޔާސީ މަޞްރަހުގައި ވެސް މުޙިއްމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.

ޝޭޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާނުގެ ފަސްދާނުލެވުން

މިގޮތުން 2013 ވަނަ އަހަރުގެ ތެރޭގައި މިޞްރުގެ ރައީސް މުޙައްމަދު މުރުސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ކުރި ބަޣާވާތަށް ތާޢީދުކުރައްވި ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަނަނަވައެވެ. ހަމައެހެންމެ 2017 ވަނަ އަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ގަނޑުވަރުގެ ތެރޭގައި ހިނގި ގަޑުބަޑުގެ ތެރެއިން އެ ޤައުމުގެ ވަލީޢަހުދުގެ މުޙައްމަދު ބިން ސަލްމާނާއި މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނުގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެގެންދިޔައެވެ. މިޔާއެކު ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީން ޔަމަނުގެ ދާޚިލީ ހަނގުރާމާގައި ޢަމަލީގޮތުން ބައިވެރިވެ ޤަޠަރާއެކު އޮތް ގުޅުންތައް ކަނޑާލި ތަން ފެނިގެންދިޔައެވެ. ހަމަ މި ބީދައިން ސޯމާލިޔާއާއި ސޫދާނާއި ލީބިޔާގެ ދާޚީލީ ކަންކަމުގެ ތެރެއަށްވެސް ޔޫއޭއީންވަނީ އެކި ގޮތްގޮތުން ނުފޫޒު ފޯރުވައިފައެވެ. މިކަމުގެ ފަހަތުގައިވެސް ވަނީ މުޙައްމަދު ބިން ޒައިދުގެ މަސައްކަތްޕުޅެވެ.

މީޑިއާތަކުން މައުލޫމާތު ލިބޭ ގޮތުގައި ޔޫއޭއީގެ އައު ރައީސްގެ މަޤާމަށް މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނު ވަޑައިގަތުމުން އީރާނާއި ތުރުކީވިލާތް ފަދަ ނުފޫޒުގަދަ އިސްލާމީ ޤައުމުތަކާ އޮންނަ ވާދަވެރިކަން ބޮޑުވެގެންދާނެ ކަމަށް ެލެވެއެވެ.

ޓެގްސް: ޤައުމުތަކުގެ އިސް ވެރިން ޔޫއޭއީ މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.