މެންޗެސްޓާ ސިޓީއިން ކާމިޔާބީ ފާހަނގަކުރަނީ

ކުޅިވަރު

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ސިޓީއިން ދިފާއުކޮށްފި

ދާނިޝް - ޔޫރަޕް | 24 މެއި 2022 , އަންގާރަ 18:05   407

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައި ލީގުގެ ތަށި ދިފާއުކޮށްފިއެވެ.

ސިޓީއާއި އެސްޓަންވިލާ ބައްދަލުކުރި ލީގުގެ އެންމެ ފަހު މެޗް ސިޓީއިން ކާމިޔާބުކުރީ ފަހަތުން އަރައިގެން 2-3 ގެ ނަތީޖާއަކުންނެވެ.މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ހަމަލާތައް ގިނައިން އުފެއްދީ ސިޓީއިންނެވެ. ނަމަވެސް ކުޅުންތެރިންގެ ފަރާތުން މެޗްގެ ހާސްކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 37ވަނަ މިނިޓުގައި ޖެހީ ވިލާގެ ކުޅުންތެރިޔާ މެޓީ ކޭޝްއެވެ. މިއީ ވިލާއަށް މެޗުގައި އުފެއްދުނު ފުރަތަމަ ހަމަލާކަންވެސް ފާހަގަކޮށްލެވެއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން އެސްޓަންވިލާ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅުގައިވެސް ސިޓީއިން އުފެއްދި އެއްވެސް ހަމަލާއެއް ކާމިޔާބު ނުކުރެވެއެވެ. މެޗުގެ 69 ވަނަ މިނިޓުގައި ވިލާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް ލީޑު ފުޅައު ކޮށްދިނީ ފިލީޕޭ ކޯޓީނިއޯއެވެ. މި ލަނޑަށްފަހު ސިޓީގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުންވެސް ހިއްވަރުދެރަވި ކަމުގެ ކުލަވަރުތައް ފެނިގެންދިޔައެވެ.

ނަމަވެސް މެޗުގެ 76 ވަނަ މިނިޓުގައި ސިޓީގެ ބަދަލުކުޅުނަތެރިއެއްގެ ގޮތުގައި ކުޅެން އެރި އިލްކާއި ގުންޑޮގާން ޖަހައިދިން ލަނޑުން ސިޓީއަށް އާހިތްވަރެއް ލިބިގެންދިޔައެވެ.މިގޮތުން އިލްކާއި ގުންޑޮގާންގެ ލަނޑަށްފަހު 2 މިނިޓު ފަހުން ރޮޑްރީވަނީ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މިމެޗުން ސިޓީ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 81 ވަނަ މިނިޓުގައި ގުންޑޮގާންއެވެ.

މި މޮޅާއެކު ކުޅުނު 38 މެޗުން 93 ޕޮއިންޓު ސިޓީއަށް މިވަނީ ލިބިފައެވެ. ސިޓީއާއި އެންމެ ގާތުން ވާދަކުރި ލިވަޕޫލަށް ކުޅުން 38 މެޗުގެ ތެރެއިން ލިބިފައިވަނީ 92 ޕޮއިންޓެވެ. އަދި މިއީ ސިޓީއިން ފާއިތުވި 5 އަހަރުގެ ތެރޭގައި ލީގު ކާމިޔާބު ކުރި 5 ވަނަ ފަހަރެވެ.

ޓެގްސް: ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.