ތެޔޮ އުފައްދާ ކާރުހާނާއެއް

ދުނިޔެ

ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

ދާނިޝް - ދުނިޔެ | 7 ޖޫން 2022 , އަންގާރަ 18:53   357

ޔޫރަޕް އިއްތިޙާދުން ރަޝިޔާއިން ތެޔޮ އެތެރެކުރުން މަނާ ކުރުމާއި ގުޅިގެން މަނާކުރުމުން ދުނިޔޭގައި ތެލުގެ އަގު އުފުލިފައިވާއިރު، ސަޢޫދީ ޢަރަބިއާއިން އަނެއްކާވެސް ތެލުގެ އަގުބޮޑުކޮށްފިއެވެ.

ސައޫދީން ތެލުގެ އަގު ބޮޑުކޮށްފައި މިވަނީ އޭޝިއާގެ ގައުމުތަކަށެވެ.

މިއާއިއެކު ކުރީގައި 119.61 އެމެރިކާ ޑޮލަރަށް ލިބުނު ބްރެންޓް ތެޔޮ ފީފާއެއް މިހާރު ލިބޭނީ 120.95 އެމެރިކާ ޑޮލަރަށެވެ. އަދި ކުރިން 118.55 އަށް ލިބުނު ޑަބްލިޔުޓީއައިގެ ތެޔޮ ފީފާއެއްގެ އަގު މިހާރު ބާޒާރުގައި ހުރީ ފީފާއެއް 120.99 އެމެރިކާ ޑޮލަރަށެވެ.

ސައޫދީން މި ނިންމުން ނިންމާފައިވާއިރު އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް ކަންޓްރީޒް (އޯޕެކް) އާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސްއިން އަންނަ ޖުލައި މަހާއި އޯގަސްޓުމަހު ބާޒާރަށްނެރޭ ތެލުގެ މިންވަރު ދުވާލެއްގެ މައްޗަށް 648000 ފީފާ އިތުރުކުރަން މިދިޔަ ހަފްތާގައި ވަނީ އެއްބަސްވެފައެވެ.

ޓެގްސް: ތެލުގެ އަގުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.