އިލެކްޓްރޯނިކަލް ޑިވައިސެއް ރިޕެއާ ކުރުމުގެ މަސައްކަތުގައި

ވިޔަފާރި

އެމެރިކާގެ ނިއުޔޯކު ސިޓީގައި މުޅިން ތަފާތު އާގާނޫނެއް

ދާނިޝް - އެމެރިކާ | 7 ޖޫން 2022 , އަންގާރަ 22:12   258

އެމެރިކާގެ ނިއުޔޯކު ސިޓީގައި "ރައިޓް ޓު ރިޕެއާ" ކިޔައި އައު ގާނޫނެއް ތައާރަފްކުރަން ނިންމައިފިއެވެ.

މިއީ ދުނިޔޭގައި ތައާރަފްކުރެވޭ މިފަދަ ފުރަތަމަ ގާނޫނެވެ.

މި ގާނޫނުގެ ސަބަބުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް އާލާތްތަކުގެ ޕާޓްސްއާއި ޓޫލްސްގެ މައުލޫމާތު، ހަމައެހެންމެ، ސޮފްޓްވެއާ ވެސް ކަސްޓަމަރަށް ލިބޭގޮތަށް ޑިޖިޓަލް އިލެކްޓްރޯނިކް އާލާތްތައް އުފައްދާ ފަރާތްތަކުން ފޯރުކޮށްދިނުން މަޖުބޫރުވެގެން ދާނެއެވެ.

އަމިއްލަ ރިޕެއާ ފިހާރަތަކައްވެސް މި މައުލޫމާތުތައް ލިބުން މި ގާނޫނުން ލާޒިމުކުރެއެވެ.

މި ގާނޫނުގެ ސަބަބުން އަމިއްލަ ރިޕެއާ ފިހާރަތަކައް ޑިވައިސްތައް އުފައްދާ ފަރާތްތަކާއި ދާދި އެއް ހަމައެއްގައި ވިޔަފާރިކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި އަމިއްލަ ގޮތުން ޑިވައިސެއް މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށް އެ ޑިވައިސްއެއް އަމިއްލައަށް ރިޕެއާ ކުރެވޭނެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.