ދިމިޝްކުގެ ވައިގެ ބަނދަރު

ދުނިޔެ

އިޒްރޭލުގެ މިސައިލް ހަމަލާތަކެއް ދިމިޝްގުގެ ވައިގެ ބަދަރަށް

ދާނިޝް - މެދުއިރުމަތި | 12 ޖޫން 2022 , އާދީއްތަ 17:52   211

މިދިޔަ ހުކުރު ދުވަހު ފަތިހުގެ ވަގުތެއްގައި ސީރިޔާގެ ގޯލާންގެ އުސް ބިންތަކުގައި ތިބި އިޒްރޭލު ސިފައިންގެ މަރުކަޒުތަކުން ސީރިޔާގެ ވެރިރަށް ދިމިޝްގުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.

ސީރިޔާގެ ސަރުކާރުން މައުލޫމާތު ދޭގޮތުގައި މި ހަމަލާތަކުގެ ސަބަބުން އެ ވައިގެ ބަނދަރަށް ވަނީ ބޮޑެތި ގެންލުންތަކެއް ލިބިފައެވެ. މިގޮތުން ބަދަރުގެ ރަންވޭ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި އެ ރަންވޭ މަރާމާތު ކުރުމަށް ބޮޑެތި ޙަރަދުތަކެއް ކުރަން ޖެހޭނެ ކަމަށްވެސް ސީރިޔާގެ ސަރުކާރުން ބުނެއެވެ. މީގެ އިތުރުން ރަންވޭގައި ހަރުކޮށްފައިވާ ބޮކިތަކަށާއި ނިޔަމިކަމުގެ ސާމާނުތައް ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ ވައިގެ ބަނދަރުގެ ހާލަތު މިހެން ހުރުމާއި ގުޅިގެން ބަނދަރުގެ ޙިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

މި ހަމަލާތަކާއި ބެހޭގޮތުން އިޒްރޭލުން ވަކި އެއްޗެއް އަދި ބުނެފައެއް ނެތެވެ. ސީރިޔާގައި މީގެ 11 ވަރަކަށް އަހަރު ކުރިން ފެށިގެންދިޔަ ދަޚިލީ ހަނގުރާމަ އަށް ފަހު އިޒްރޭލުން އަންނަނީ ސީރިޔާގައި ހަރަކާތްތެރިވާ ސިފައިންގެ މަގާމުތަކާއި އަމާޒުކޮށް ސިލްސިލާ ގޮތެއްގައި ހަމަލާތައް ދެމުންނެވެ.

ޓެގްސް: އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.