ޖަސްޓިން ބީބާ އޭނާގެ މޫނުގެ ހަރަކާތްތައް ދައްކާލަނީ

މުނިފޫހިފިލުވުން

ޖަސްޓިން ބީބާގެ މޫނުގެ ވާތްފަޅި ޕެރެލައިޒް ވެއްޖެ

ދާނިޝް - އެމެރިކާ | 13 ޖޫން 2022 , ހޯމަ 21:56   204

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ މޫނުގެ ވާތްފަޅި ޕެރެލައިޒްވެފައިވާކަން އޭނާ ހާމކޮށްފިއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް މިވާހަކަ ފޭނުންނާއި ހިއްސާ ކުރަމުން އޭނާ ބުނީ އޭނާގެ މޫނަށް އެހެން މެދުވެރިވީ ވައިރަހެއްގެ ސަބަބުން ކަންފަތާއި ކައިރީގައި ހުންނަ ނާރުތައް އިންފެކްޓްވެގެން ކަމަށެވެ.މި ބަލިއަށް ކިޔައި ނަމަކީ ރަމްސޭ ހަންޓް ސިންޑްރޯމެވެ.

" މޫނުގެ އެ ފަޅިން އަހަންނަށް ހިނިތުން ނުވޭ. އެއް ލޯ ނުވެސް މެރޭ. އެހެންމަ އެ ފަޅިން އެއްކޮށް ވަނީ ވާގި ގޮސްފައި އެ ހުރީ " ބީބާ ބުންޏެވެ.

ބީބާގެ މި ސިއްޙީ ހާލަތާއި ގުޅިގެން އޭނާ ވަނީ މި ހަފުތާ އަށް ތާވަލުކޮށްފައި އޮތް ތިން ޝޯއެއް ވަނީ ކެންސަލްކޮށްފަ އެވެ. އެއީ މިދިޔަ ފެބްރުއަރީ މަހު ފެށި "ބީބާގެ ޖަސްޓިސް ވޯލްޑް ޓުއާ" ގެ ޝޯތަކެވެ. ކެންސަލް ކުރި ޝޯ ތަކަކީ ޓޮރޮންޓޯ، ވޮޝިންޓަން ޑީސީ އަދި ނިއު ޔޯކުގައި ބާއްވަން ތާވަލުކުރި ޝޯތަކެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.