ކެނެޑާގެ މޮންޓްރިއަލްގައި ހުރި މަންކީޕޮކްސް ސެންޓަރެއްގައި މީހަކަށް މަންކީޕޮކްސް ވެކްސިން ދެނީ - ރޮއިޓާރސް

ދުނިޔެ

މަންކީޕޮކްސް ގައި މަރުވާ ރޭޓު ހުރީ ކޮވިޑާއި އެއްވަރެއްގައި

އަލީ އަޒްޔަން - ދުނިޔެ | 15 ޖޫން 2022 , ބުދަ 08:38   227

މަންކީޕޮކްސް މީގެ 40 އަހަރުކުރިން ދުނިޔެއިން ނައްތާލާފައިވާ، ސްމޯލްޕޮކްސް ޢާއިލާގެ ތެރެއިން އަންން ބައްޔެކެވެ. ސްމޯލްޕޮކްސް ޖެހޭ މީހުންގެ ހަތަރުބައިކުޅަ އެއްބައި މަރުވެއެވެ.

ކުއްލިއަކަށް މަންކީޕޮކްސް ދަނީ ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުނެވެ. އަދި ބަލި ޖެހޭ މީހުންގެ ވެސް ތެރެއިން މަރުވާ މީހުންގެ ރޭޓް ހުރީ ވަރަށް ބޮޑުތަން މަތީގައެވެ.

އ.ދ. ގެ ސިއްޙަތާއި ބެހޭ އިދާރާ، ޑަބްލިއުއެޗްއޯ އާއި ޙަވާލާދީ ރޮއިޓާރސް އިން ބުނެފައިވަނީ، މިބަލި ދުނިޔޭގެ 32 ގައުމެއްގައި 1600 އަށްވުރެ ގިނަ މީހުނަށް މިބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، އިތުރު 1500 މީހަކު މިބައްޔަށް ޝައްކުކުރެވި އެކަހެރި ކުރެވިފައިވެއެވެ.

މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން 72 މީހަކު ވަނީ މަރުވެފައެވެ. އެއީ ގާތްގަނޑަކަށް ބަލިޖެހުނު މީހުންގެ 4 ޕަސެންޓް މީހުންނެވެ. މިއީ ކޮވިޑާއި ބަލާއިރު ވެސް ނިސްބަތުން ބޮޑު ޢަދަދެކެވެ.

ބޭރު ދުނިޔޭގެ ޚަބަރުތަކަށް ބަލާއިރު

  • އެމެރިކާގައި 65 މީހަކަށް ބަލިޖެހިފައިވޭ. އެގައުމުން ވަނީ އެތައް މިލިއަން ޑޯޒްގެ ވެކްސިނަށް އޯޑަރު ދީފައި. އެގައުމުގެ ސީޑީސީ އާއި ޑަބްލިއު އެޗްއޯއިން ވަނީ ލެވެލް ދޭއްގެ އެލަރޓް ނެރެފައި.
  • ޖަރުމަންވިލާތުގައި އަންގާރަ ދުވަހު އެކަނިވެސް 40 އަށް ވުރެ ގިނަކޭސް ފެނިފައިވޭ
  • އެންމެ ބޮޑަށް ބަލިފެތުރޭ އެއް ގައުމުކަމަށްވާ އިނގިރޭސި ވިލާތުގައި 300 ކޭސް ފެނުފައިވޭ
  • އެމެރިކާގެ ސީޑީސީ އިން ބުނެފައިވަނީ ކުރިންފެނިފައިވާ ކޭސްތަކާއި މިހާރުގެ ކޭސްތަކާއި ވެސް ތަފާތުކަންކަން އެބަހުރިކަމަށް

އެންމެ ފުރަތަމަ މިބަލި ފެނިގެން އައީ އެފްރިކާ ބައްރުގައި ނަމަވެސް، މިހާރު ބަލިޖެހިވާ 1600 މީހުންގެ ތެރެއިން 1200 އަށްވުރެ ގިނަ މީހުންނަކީ އެހެން ބައްރުތަކުގެ މީހުންނެވެ.

އ.ދ. އިން ވަނީ ވައިގެ ދަތުރުފަތުރުކުރުމުގައި މާސްކު ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އިތުރު ފިޔަވަޅުތައް ވަރަށް އަވަހަށް އިޢްލާން ކުރާނެއެވެ.

ޓެގްސް: މަންކީޕޮކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.