އަފްޣާނިސްތާނުގެ ފިޔައި ދަނޑެއްގެ މަންޒަރެއް

ދުނިޔެ

އަފްޣާނިސްތާނުން ފިޔާ އެކްސްޕޯޓުކުރުން މަޑުޖައްސަނީ

ދާނިޝް - ދެކުނު އޭޝިޔާ | 19 ޖޫން 2022 , އާދީއްތަ 20:02   234

އަފްޣާނިސްތާނުން ފިޔާ އެކްސްޕޯޓުކުރުން މަޑުޖައްސަން ނިންމާފައިވާ ކަން އެ ގައުމުން ހާމަކޮށްފިއެވެ.

އަހަރުގެ މިހާ ހިސާބުގައި އާންމުކޮށް އަފްޣާނިސްތާނުގައި 7 ކިލޯ ފިޔާ ލިބޭނީ 30 އަފްޣާނީއަށެވެ.

އަފްޣާނިސްތާނުގެ ޗެމްބަރ އޮފް އެގްރިކަލްޗަރ އެންޑް ލައިވް ސްޓޮކްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވާރޭނުވެހި ގިނަ ދުވަސްވުމާއެކު ހަނަފަސްވުމުގެ ސަބަބުން އެ ޤައުމުގައި ފިޔާ އުފައްދާ މިންވަރު މަދުވެފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ފިޔާގެ އަގު އުފުލި ފައިވާ ކަންވެސް އެ ބަޔާނުގައި ފާހަގަކުރިއެވެ.

މިއާއެކު އެ ގައުމަށް ބޭނުންވާ ވަރަށް ފިޔާފޯރުކޮށް ދިނުމުގެ ގޮތުން ފިޔާ އެކްސްޕޯޓުކުރުން އަފްޣާނިސްތާނުންމިވަނީ މަޑުޖައްސާލައިފައެވެ. މިވަގުތު 7 ކިލޯ ފިޔާގެއަގު 200 އަފްޣާނީއަށް އެ ގައުމުގައި ވަނީ އުފުލިފައެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަޑަކަށް 35 ރުފިޔާއެވެ.

ޓެގްސް: އަފްޢާނިސްތާނު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.