ކަންނަޑާ ފިލްމުތަކުން މަޝްހޫރުވި އިންޑިއާގެ ތަރި ސުވަތީ ސަތިޝް ދަތުގެ ސާޖަރީ އަކަށް ފަހު މޫނުގެ ވާތް ފަޅި މުޅިން ދުޅަ ވެއްޖެއެވެ.
ސުވަތީ މި ސާޖަރީ ހެދީ އޭނާގެ ދަތުގެ ބުޑުގައި ހެދުނު އިންފެކްޝަނެއް ރަނގަޅު ކުރުމަށެވެ. މި ސާޖަރީއަށް ފަހު އޭނާގެ މޫނުގެ ވާތް ފަޅި ދުޅަވެފައިވަނީ ކާކުކަން ނޭނގޭ ވަރަށް ކަން ފާހަގަކޮށްލެވެއެވެ.

ސުވަތީ ބުނާ ގޮތުން ސާޖަރީ ހެދި ޑެންޓިސްޓް ބުނީ ދެ ތިން ދުވަހުގެ ތެރޭގައި ދުޅަ ހެޔޮ ވާނެ ކަމަށެވެ. ނަމަވެސް ސާޖަރީ ހެދިތަނާ މިހާރު 3 ހަފްތާ ވެފައުވާއިރު ދުޅަ އެއްވެސް ވަރަކަށް ތިރި ނުވާކަމަށް އޭނާ ބުނެއެވެ. އަދި މިކަމާއި ގުޅިގެން މިހާރު އެހެން ޑަކުޓަރެއްގެ ލަފާގެ މަތިން ފަރުވާ ހޯދަމުން ދާ ކަންވެސް އޭނާ ހާމަކުރިއެވެ. މީގެ އިތުރުން ފަހުން ބެލި ބެލުމުން ސާޖަރީ ހެދިފައިވަނީ ނުބާކޮށް ކަމަށް ސުވަތީ ފަހުން ދެއްކި ޑަކުޓަރު ބުނި ކަމަށްވެސް އޭނާ ބުނެއެވެ.