މިޞްރުގެ ސަޕްލައިއާ ބެހޭ ވަޒީރު ޢަލީ މޫސަލްޙީ

ދުނިޔެ

މިޞްރުން ގޮވާމުގެ ބާވަތްތައް ހޯދުމަށް އިންޑިއާއަށް މިސްރައިބު އަމާޒުކޮށްފި

ދާނިޝް - ދުނިޔެ | 28 ޖޫން 2022 , އަންގާރަ 09:27   173

ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުން ހުއްޓުމަކަށް އައުމާއެކު މިޞްރުން ގޮވާމުގެ ބާވަތްތައް އިންޑިއާއިން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިޞްރަކީ، ގޮވާމުގެ ބާވަތްތަކުގެ އިންޕޯޓަށް ވަރަށް ބޮޑަށް ބަރޯސާ ވެފައިވާ ގައުމެކެވެ. އަދި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ކުރިން އެ ގައުމުން އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް އިންޕޯޓުކުރަމުން ދިޔައީ ރަޝިއާ އާއި ޔޫކްރެއިނުންނެވެ. މިހާރު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ބާޒާރުން ގޮވާމުގެ ބާވަތްތައް ލިބުމަށް އެ ގައުމަށް މިވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތި ލާން ޖެހިފައެވެ. ހަމައެއާއެކު އެ ގައުމުގައި މިވަގުތު ރައްކާކޮށްފައިވާ ގޮވާމުގެ ސްޓޮކް ކުރިއަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ހުސްވާނެ ކަމަށް އެ ގައުމުން ބުނެއެވެ.

މިޞްރުގެ ސަޕްލައިއާ ބެހޭ ވަޒީރު ޢަލީ މޫސަލްޙީ މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޑިޔާއިން 180,000 ޓަނުގެ ގޮވާން ގަތުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގައެވެ. މި ވަގުތު އިންޑިޔާއިން ގޮވާމުގެ ބާވަތްތައް ފޯރުކޮށްދެނީ ކާބޯތަކެތީގެ ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް ދަތިވެފައިވާ ޤައުމުތަކަށް އެކަނިކަން ފާހަގަކޮށްލެވެއެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.