ލަންކާގެ ޕެޓްރޯލް ސްޓޭޝަނެއް

ދުނިޔެ

ލަންކާގެ އާންމުންނަށް ޕްޓްރޯލް ވިއްކުން މަނާކޮށްފި

ދާނިޝް - ލަންކާ | 29 ޖޫން 2022 , ބުދަ 09:18   181

ސްރީ ލަންކާގައި އިއްޔެއިން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަށް ޕެޓްރޯލް ވިއްކުން އާންމުކޮށް މަނާކޮށްފިއެވެ.

މިކަން ހާމަކޮށް ލަންކާ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަށް ޕެޓްރޯލް ވިއްކުމަށް ހަމަޖެހުފައި ވަނީ ޒަރޫރީ ކަންކަމުގައި ބޭނުންކުރަންޖެހޭ އުޅަނދުތަކަށް އެކަންޏެވެ.

އެހެންކަމުން މިއަދުން ފެށިގެން ލަންކާގައި ޕެޓްރޯލް ވިއްކާނީ އާންމު ދަތުރުފަތުރު ކުރާ ބަސްތަކަށާއި ރޭލުތަކަށާއި ބޭސްފަރުވާގެ ކަންކަމުގައި ބޭނުންކުރާ އުޅަނދުތަކަށާއި، ކާބޯތަކެތި ޑެލިވަރީ ކުރުމުގައި ބޭނުންކުރާ އުޅަނދުތަކަށް އެކަންޏެވެ.

ސްރީ ލަންކާގެ ކެބިނެޓް ތަރުޖަމާނު ބަންޑުލާ ގުނެވަރްދަނާ މިކަމާ ބެހޭގޮތުން މީޑިއާ ތަކާއި ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި މިއީ އެ ގައުމުގެ ތާރީޚުގައި ވެސް ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ދަތިކަމެވެ. އަދި ތެޔޮ ރަނގަޅު ހެޔޮ އަގެއްގައި ލިބޭނެ މަގެއް ހޯދުމަށް ސަރުކާރުގެ ވަފުދެއް ގަތަރަށާއި ރަޝިޔާ އަށް ފޮނުވައިފައި ވާކަން އޭނާ ފާހަގަކުރިއެވެ.

ލަންކާ ވެއްޓިފައިވާ އިޤްތިސާދީ އަނދަވަޅުން އަރަގަންނާނެ ކޮޅެއް އަދިވެސް ފެނިފައި ނުވާއިރު ކުރިއަށް އޮތް ހަ މަސްދުވަހަށް އެ ގައުމަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި، ގޭހާއި ތެލުގެ ބާވަތްތަކާއި ދަނޑުވެރިކަމަށް މަދުވެގެން ފަސް ބިލިއަން ޑޮލަރު ބޭނުންވެ އެވެ. އެހެން ނަމަވެސް އެފައިސާ ލިބޭނެ ގޮތެއް މިހާތަނަށް ވެސް ހަމައެއް ނުޖެހެ އެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.