ގޫގުލް ހޭންގްއައުޓްސް

ޓެކްނޯލޮޖީ

ގޫގުލް ހޭންގްއައުޓްސް އުވާލަނީ

ދާނިޝް - ދުނިޔެ | 1 ޖުލައި 2022 , ހުކުރު 16:42   244

ގޫގުލްގެ މެސްޖިންގް އެޕެއް ކަމަށްވާ "ގޫގުލް ހޭންގްއައުޓްސް" އަންނަ ނޮވެމްބަރު މަހު އުވާލާ ގޮތަށް ގޫގުލް އިން ނިންމައިފިއެވެ.

ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި ގޫގުލް ހޭންގްއައުޓްސް ބޭޏުން ކުރާ ފަރާތްތަކައް "ޗެޓް" ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ޖީމެއިލް ގައި ހޭންގްއައުޓްސް ބޭނުންކުރައްވާ ފަރާތްތަކަށް ގޫގުލްގެ އައު ފީޗަރ "ޗެޓް" އަށް ބަދަލު ވުމަށް މިފެށޭ ޖުލައި މަހު އަންގާނެ ކަމަށާއި ނޮވެންބަރުގެ ނިޔަލަށް ހޭންގްއައުޓްސްގެ ޑެކްސްޓޮޕް ސައިޓް ބޭނުންކުރެވޭނެ ކަން ވެސް ގޫގުލް އިން ވަނީ ހާމަކޮށްފައެވެ.

ހޭންގްއައުޓްސް ބޭނުންކުރާ މީހުންނަށް އޭގައި ހުރި އެ މީހުންގެ ޑާޓާ ޑައުންލޯޑްކުރަން ފުރުސަތު ވެސް ދޭނެ ކަމަށް ގޫގުލް އިން ބުނެއެވެ.

ޓެގްސް: ގޫގްލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.