އައިޓީއޭ އެއަރވޭސްގެ މަތިންދާބޯޓެއް

ވިޔަފާރި

އައިޓީއޭ އެއަރވޭސް ގެ ދަތުރުތައް ރާއްޖޭގައި ފަށަނީ

ދާނިޝް - ދިވެހި ރާއްޖެ | 13 ޖުލައި 2022 , ބުދަ 15:57   205

އިޓަލީގެ ޤައުމީ އެއަރލައިން އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއަރވޭސް (އައިޓީއޭ އެއަރވޭސް) ގެ ދަތުރުތައް ފިނިމޫސުމާއި ދިމާކޮށް އަންނަ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

މި އެއަރވޭސްގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ރޯމްއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އައިޓީއޭ އެއާރވޭސްއަކީ ބައިނަލްއަގުވާމީ 33 މަންޒިލަކަށް ދަތުރުކުރަމުން އަންނަ އެއަރލައިނެކެވެ.

ޑިސެމްބަރ 17 ގައި ދަތުރުތައް ފަށާއިރު ޖަނަވަރީ މަހުގެ 22 އާއި ހަމައަށް ކޮންމެ ހަފްތާއަކު 3 ދަތުރު ކުރާނެއެވެ. އަދި ޖަނަވަރީ މަހުގެ 22 ގެ ފަހުން މާރޗް މަހުގެ 26 އާއި ހަމައަށް ހަފްތާއަކު 2 ދަތުރު އަންނަ އަހަރުގެ މާރޗް މަހުގެ 26 އާއި ހަމައަށް ކުރާނެކަމަށް އެ އެއަރލައިނުން މައުލޫމާތު ދެއެވެ.

އިޓަލީއަކީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ނިސްބަތުން 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމެވެ. އެހެންކަމުން އަހަރުގެފަހުކޮޅު ނުވަތަ އައު އަހަރާއި ދިމާކޮށް އިޓަލީގެ ގައުމީ އެއަރލައިނުގެ ދަތުރުތައް ރާއްޖެއަށް ފެށުން ވެގެންދާނީ އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު ނިސްބަތުން އިތުރުވެގެން ދާނެ ކަމެއް ކަމަށް އަންދާޒާ ކުރެވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އިޓަލީއިން ރާއްޖެއަށް 49،828 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ޓެގްސް: ރާއްޖެއަންނަ އެއަރލައިންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.