އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް

ވިޔަފާރި

އާދީއްތަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2.50ރ ނެގުމަށް ނިންމައިފި

ދާނިޝް - ދިވެހި ރާއްޖެ | 13 ޖުލައި 2022 , ބުދަ 15:08   502

އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް ވިޔަފާރިކުރަން އަންނަ ފަރާތްތަކުގެ އަތުން ޕްލާސްޓިކް ކޮތަޅަޅުން އަންނަ އާދީއްދަ ވުވަހުން ފެށިގެން އަދު ނެގުމަށް ނިންމާފިއެވެ.

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި ނިންމުމަކީ ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ސިޔާސަތުގެ ދަށުން އެ ކުންފުނިން ނިންމި ނިންމުމެކެވެ. މިގޮތުން އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހުން (އަންނަ އާދީއްތަ ދުވަސް) ފެށިގެން އެސްޓީއޯއިން ޕްލާސްޓިކް ކޮތަޅަކުން 2.5 ރުފިޔާ އަދި ކަރުދާސް ކޮތަޅުން 2 ރުފިޔާ ގެނުމަށް މިވަނީ ނިންމައިފައެވެ. އަދި މި ނިންމުމާއެކު ވިޔަފާރިކުރާ ފަރާތްތަކުން ވިޔަފާރުކުރުމަށް ފިހާރައަށޤ ދުރުވާ އިރު ތިމާވެއްޓާއި ރައްޓެހި ފޮތި ކޮތަޅު ނެގައުމަށް އެ ކުންފުނިން ވަނީ އިލްތިމާޒު ކޮށްފައެވެ.

އެސްޓީއޯއިން ބޭނުންކުރެވޭ ޕްލާސްޓިކްގެ އަދަދު މަދުކުރުމަށް އެކި އެކި ކެމްޕޭނުތައް ދަނީ ހިންގަމުންނެވެ. އެގޮތުން މިދިޔަ އެޕްރީލް މަހު އެ ކުންފުނިން ވަނީ " ޕްލާސްޓިކް ނީން ގޮތެއް ރިވާޑްސް" ގެ ނަމުގައި ކެންޕޭނެއް ހިންގާފައެވެ.

މި ކެންޕޭނުގައި ބާޒާރު ކުރުމަށް ދުރުވާއިރު އަމިއްލަ ކޮތަޅު ގެންނަ ފަރާތްތަކަށް ޕޮއިންޓް ސިސްޓަމެއްގެ ދަށުން ޕޮއިންޓް ލިބިގެން ދެއެވެ. އަދި ވަކި އަދަދަކަށް ޕޮއިންޓޤ ލިބުމުން ލިބޭ ޕޮއިންޓް ތަކުގެ އަދަދަށް ބަލައި ހަދިޔާ ލިބިގެން ދެއެވެ. މި ހަދިޔާތަކުގެ ގޮތުގައި އެކުންފުނުން ވަނީ 100 ރުފިޔާ އާއި 500 ރުފިޔާއާއި ދެމެދުގެ ހަދިޔާ ދޫކޮށްފައެވެ.

ޓެގްސް: ޢެސްޓީއޯ ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.