ގްރީސްއަށް ވެއްޓުނު ޔޫކްރެއިންގެ މުދާ އުފުލާ މަތިންދާބޯޓުގެ މަންޒަރެއް

ދުނިޔެ

ގްރީސްގެ ކަވާލާ ސިޓީއަށް ޔޫކްރެއިންގެ މަތިންދާބޯޓެއް ވެއްޓިއްޖެ

ދާނިޝް - ޔޫރަޕް | 18 ޖުލައި 2022 , ހޯމަ 14:02   288

ގްރީސްގެ ކަވާލާ ސިޓީއަށް ޔޫކްރެއިންގެ މުދާ އުފުލާ މަތިންދާބޯޓެއް އާދީއްތަ ދުވަހު ވެއްޓި ބޯޓުގައި ދަތުރު ކުރަމުންދިޔަ 8 ފަޅުވެރިން މަރުވެއްޖެއެވެ.

މި ބޯޓު ދަތުރު ޖުރަމުން ދިޔައީ ސާރބިޔާއިން ބަންގްލަދޭޝްއަށެވެ. އެންޓޮނޯފް މަރުކާގެ މި މަތިންދާބޯޓަކީ ޔޫކްރެއިންގެ މަތިންދާބޯޓެކެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބޯޓުގެ ޕައިލެޓް ވަނީ، ބޯޓު ވެއްޓުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކުއްލި ހާލަތުގައި ބޯޓު ޖެއްސުމުގެ ހުއްދައަށް އެދިފައެވެ. ހަމައެހެންމެ މި ހާދިސާއާއި ގުޅިގެން ގްރީސްގެ ގައުމީ ޓީވީއިން އާންމުކޮށްފައިވާ ވީޑިއޯއެއް ދައްކާގޮތުން އެ މަތިންދާބޯޓު ބުމަށް ވެއްޓިގެންގޮސް ބޮޑު ހުޅުގަނޑެއް ފަޅައިގެން ދިޔައެވެ.

ގްރީސްގެ މީޑިއާ ތަކުން މައުލޫމާތުދޭ ގޮތުގައި ބޯޓު ވެއްޓި އަލިފާންރޯވުމާ އެކުހެން އެސަރަހައްދުގައި އަލިފާން ނިއްވަން ޓީމުތައް ހަރަކާތްތެރި ވާން ފެށިއެވެ. އަދި ބޯޓުގައި ދަތުރުކުރަމުންދިޔަ ފަޅުވެރިންގެ ތެރެއިން އެކެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށާއި ބާކީ 7 މީހުންގެ ހަށިގަނޑުވެސް އޮތް ހިސާބު ހޯދިފައިވާ ކަމަށް ގްރީސްގެ ގައުމީ މީޑިއާއިން ރިޕޯޓުކުރެއެވެ. ބޯޓު ވެއްޓުނު ސަބަބު އަދި އެގިފައި ނުވާއިރު މި ހާދިސާ ގްރީސްގެ ސަރުކާރުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ޓެގްސް: ޔޫކްރެއިން މަތިންދާ ބޯޓުގެ ޙާދިސާތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.