ެިިިއިނގިރޭސިވިލާތުގެ މެޓް އޮފީހުން ލަފާކޮށްފައި ވަނީ އެންމެ ހޫނު ގަދަވާނީ ހޯމަ ދުވަހު ކަމަށް

ދުނިޔެ

އާދަޔާއި ޚިޔާފަށް ހޫނު ގަދަ ވުމުގެ ސަބަބުން ޔޫރަޕްގެ ގިނަ ސަރަހައްދު ތަކަކަށް އަލިފާން ރޯވާން ފަށަައިފި

ޒައިން ޠާލިބް - ޔޫރަޕް | 19 ޖުލައި 2022 , އަންގާރަ 16:41   349

ޔޫރަޕް ގިނަ ސަރަހައްދު ތަކަަށް ދަނީ އާދަޔާހިލާފަށް ހޫނުގަދަވަމުން ނެވެ. މީގެ ސަބަބުން ފްރާންސް އާއި ސްޕެއިން ގެ ބައެއް ސަރަހައްދުކަތަކުގައި އަލިފާން ރޯވެ ވަނީ ނުރައްކަލާއި ކުރިމަތިލާންޖެހިފަ އެވެ.

މިިގޮތުން ހުޅަނގު ދެކުނު ފްރާންސް ގައި 27000 އޭކަރުގެ ސަރަހައްދަކަށް އަލިފާން ވަނީ ފެތުރިފަ އެވެ. އަދި މިއާއިއެކު 32،000 މީިހުންނަށް އެމީހުންގެ އަމިލަށް ގެދޮރުތައް ދޫކޮށްދާން ޖެހިފައިވެއެވެ.

"މި އަހަރުގެ އަލިފާން ގެ ސަބަބުން ސްޕެއިންއިން 70000 ހެކްޓަރަ ވުރެ ބޮޑު ސަރަހަދެއް ވަނީ ހަލާކު ވެފައި" ސްޕެއިންް ގެ ބޮޑުވަޒީރު ޕެޑްރޯ ސޭންޗެޒް ވިދާޅުވިއެވެ.

ނިމިގެން ދިޔަ 7 ދުވަހު ތެރޭގައި 659 އުމުރުން ދުވަސްވީ މީިހުން މަރުވެފައި ވާކަން ޕޯޗުގަލް ހެލްތް މިނިސްޓްރީ ވެސް ވަނީ ހާމަކޮޮށްފައެވެ. އަދި ދެކުނު ޔޫރަޕް ގެ ސަރަހައްދުން އެއްކޮށް 1100 ވުރެ ގިނަ މީިހުން ވަނީ ހޫނުގަދަވުމުގެ ސިބަބުން މަރުވެފައި ވެއެވެ.

ކުރިއަށް އޮތް ހަފްތާ ގައި މޫސުމް ރަނގަޅުވެ ހޫނުގަދަ ވުމުގެ އަސަރު މަޑުވާނެ ކަން ކަމާ ބެހޭ ފަރާތްތައް ލަފާކޮއްފައިވެއެވެ.

ޓެގްސް: ވިއްސާރަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.