ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ފިރިހެން ޖަޔަންޓް ޕެންޑާ

މުނިފޫހިފިލުވުން

ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ފިރިހެން ޖަޔަންޓް ޕެންޑާ އުމުރުން 35 އަހަރުގައި މަރުވެއްޖެ

ޒައިން ޠާލިބް - އޭޝިއާ | 22 ޖުލައި 2022 , ހުކުރު 17:13   249

ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ފިރިހެން ޖަޔަންޓް ޕަންޑާ ކަމަށްވާ "އަން-އަން" އުމުރުން 35 އަހަރުގައި ސިއްހީ މައްސަލަތަކެއް ދިމާވެގެން ބުރާސްފަތި ދުވަހު ވަނީ މަރުވެފަ އެވެ.

ހޮންކޮންގުގެ އޯޝަން ޕާކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕެންޑާ ޔޫތަނައިޒް ކޮށްފައިވަނީ އިތުރު ތަކުލީފުތަކެއް ކުރިމަތި ނުކުރުމަށެވެ. އޭނާގެ ހުޝިޔާރުކަމާއި ކުޅޭތަން ވަރަށް ބޮޑަށް ހަނދާންވާނެ ކަމަށް އެ ޕާކުގެ ޗެއާމަން ޕައުލޯ ޕޮންގް ވިދާޅުވެފައެވެ.

މީގެ 23 އަހަރުކުރިން ޗައިނާ ސެންޓްރަަލް ގަވާންމެންޓުން ވަނީ އަން އަން އެތީމް ޕާރކްއަށް ހަދިޔާ ކޮށްފައެވެ. ދުނިޔޭ ގެ އެންމެ އުމުރުން ދުވަސްވީ އަންހެން ޖަޔަންޓް ޕެންޑާ ކަމަށްވާ ޖިއާ ޖިއާ އެކުގައެވެ. އެ ޕެންޑާ ވަނީ އުމުރުން 38 އަހަރުގައި 2016 ވަނަ އަހަރު މަރުވެފަ އެވެ.

ޕެންޑާއެއްގެ އެވްރެޖް އުމުރަކީ 14-20 އަހަރު ނަމަވެސް އެއަށް ވުރެ ގިނަ ދުވަހު ކެޕްޓިވިޓީގައި ދިރިއުޅެވޭނެ ކަމަށް ވޯލްޑް ވައިޑް ފަންޑް ފޯ ނޭޗާ އިން ލަފާދެ އެވެ.

ޕޮންގް ވިދާޅުވީ އެވްރެޖް އުމުރަށް ވުރެ ބޮޑަށް އަން އާން ދިރިހުރުމަކީ ޖަޔަންޓް ޕެންޑާތަކަށް ތީމް ޕާކުން ދޭ ސަމާލުކަމާއި ކުރިއަށް ގެންދާ ވަރުގަދަ އަޒުމް ދައްކުވައިދޭ ކަމެއް ކަމަށެވެ.

ޖަޔަންޓް ޕެންޑާ އާލަ ކުރުމަކީ އުނދަގޫ އެއްޗެއް ކަމަށް ނަން މަޝްހޫރު ނަމަވެސް އަހަރުތަކެއް ވަންދެން ދަށްވުމަށް ފަހު ފާއިތުވި އަހަރުތަކުގައި ޤުދުރަތީ މާހައުލުގައި އެތަކެތީގެ އަދަދު ވަނީ މިހާރު ވަނީ އިތުރުވެފަ އެވެ.

2017 ވަނަ އަހަރު އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (IUCN) އިން ވަނީ ފާއިތުވި ދިހަ އަހަރު ތެރޭ ގާތްގަނޑަކަށް %17 އިތުރުވުމުން އެ ބާވަތްތަކުގެ އާބާދީ ނުރައްކާތެރި އިން ނާޒުކު އަށް ރަނގަޅުވެފައި ވާކަމަށެވެ. އެހެންކަމުން ޖަޔަންޓް ޕެންޑާގެ އާބާދީ 1،800 އަށް އިތުރުވެފައިވާކަމަށް ދަށްކައިދެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.