މަަކުނުވިދުރި ނުވަތަ މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ ފައi

ދުނިޔެ

މަންކީޕޮކްސް: ޑަބްލިޔު.އެޗް.އޯ އިން ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި

ދާނިޝް - ދުނިޔެ | 24 ޖުލައި 2022 , އާދީއްތަ 10:12   502

މުޅި ދުނިޔެއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކާރިސާ ކަމަށްވާ ކޯވިޑް-19ގެ ބަލިމަޑުކަމުން މުޅިން އަރައިނުގަނެވިގެން އުޅެނިކޮށް ފެތުރެން ފެށި މަކުނުވިދުރިއަކީ މުޅި ދުނިޔެއަށް އޮތް ޞިއްޙީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅައިފިއެވެ.

އަދި މިއާއެކު ޑަބްލިޔު.އެޗް.އޯ.އިން ވަނީ ބަލިތަކާ މެދު އެ ޖަމުޢިއްޔާއިން ނެރޭ އެންމެ މަތީ ދަރަޖައިގެ ސަމާލު މި ބައްޔާ ދެކޮޅަށް ވަނީ އިއުލާނު ކޮށްފައެވެ.

ޑަބްލިޔު.އެޗް.އޯ. އިން ބައްޔަކަށް ސަމާލުގެ އެންމެ މަތީ ދަރަޖަ ކަނޑައެޅަނީ އެ ބައްޔެއް ފެތުރުން ކޮންޓްރޯލު މުޅި ދުނިޔެ ޤައުމަކުން ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމަށެވެ. އަދި އެ ބައްޔަކާ ދެކޮޅަށް ފަރުވާއާއި ވެކްސިންތައް ތައްޔާރު ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމަށެވެ.

ޑަބްލިޔު.އެޗް.އޯ.ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވީ މި ނިންމުމާ މެދު ޑަބްލިޔު.އެޗް.އޯ.ގެ މާހިރުންގެ ކޮމިޓީން ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމުގައެވެ. އެ ގޮތުން މި ބިއްޔަކީ ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ފެންނަ ބައްޔެއްގެ ގޮތުގައި ދެކެނީ ކޮމިޓީގައި ހިނެމޭ 15 މެންބަރުންގެ ތެރެއިން އެންމެ 6 މެންބަރުން ކަމަށް ޓެޑްރޯސް ވަނީ ހާމަކޮށްފައެވެ.

ކަން މިހެން ހުރި ނަމަވެސް މި ބައްޔާއި ދެކޮޅަށް ސިއްހީ ނުރައްލަގެ ހާލަތު އިއުލާނު ކޮށްފައި މިވަނީ ބަލި ފެތުރެމުންދާ ހަލުވިކަމާއި، ބަލީގެ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވެން ހުރި ވެކްސިންގެ ސްޓޮކްގެ އަދަދު މަދުވުމާއި ގުޅިގެންނެވެ.

ދުނިޔޭގެ 75 ޤައުމަކުން މިހާތަނަށް މަކުނުވިދުރި ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ.

ޓެގްސް: މަންކީޕޮކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.