ގޭމް އޮފް ތްރޯންސްގެ ޕްރީކުއަލް ހައުސް އޮފް ޑްރެގަންސްގެ ޕޯސްޓަރެއް

މުނިފޫހިފިލުވުން

ގޭމްސް އޮފް ތްރޯންސްގެ ޕްރީކުއަލް ސިނަމާތަކަށް މިއަންނަ މަހު ނިކުންނާނެ

ދާނިޝް - އެމެރިކާ | 24 ޖުލައި 2022 , އާދީއްތަ 19:06   493

މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތުރޮންސް" ޕްރިކުއަލް "ހައުސް އޮފް ޑްރެގަން" އަންނަ މަހު ސިނަމާތަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްބީއޯއިން ހާމަކޮށްފިއެވެ.

މި ސީރީހުގެ ޓްރެއިލާ އިއްޔެގެ ވަގުތެއްގައި ނެރެފައިވާއިރު ހައުސް އޮފް ދަ ޑްރެގަން" ގައި ފެނިގެން ދާނީ "ގޭމް އޮފް ތްރޮންސް" ގެ ވާހަކަތަކުގެ 300 އަހަރު ކުރީގައި ހިނގާފައިވާ ކަންކަމެވެ. އަދި މިއީ ޖޯޖް މާޓިންގެ ޚިޔާލީ ވާހަކައެއް ކަމަށްވާ "ފަޔަރ އެންޑް ބްލަޑް" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީހެކެވެ.

މިފަހަރުގެ ސީރީހުގައި ހިމެނެނީ އެންމެ 10 އެޕިސޯޑް ކަމަށްވާ އިރު ޕްރިންސަސް ރައެންރާ ތާގޭރިއަންގެ ރޯލުން ފެނިގެންދާނީ އެމާ ޑިއާސީއެވެ. ޕްރިންސް ޑައިމަން ތާގޭރިއަންގެ ރޯލުން މެޓް ސްމިތް ފެންނައިރު، އޮލިވިއާ ކޫކް ފެންނާނީ އެލިސެންޓް ހައިޓަވަރ ގެ ރޯލުންނެވެ. މީގެ އިތުރުން ދަ ސީ ސްނޭކްގެ ރޯލުން ފެނިގެންދާނީ ސްޓީވް ޓޮއުސިއަންއެވެ. އަދި ރައިސް އިފާންސް ފެންނާނީ އޮޓޯ ހައިޓަވަރ ރޯލުންނެވެ.

މި ސީރީޒް ދައްކަން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގައި އެޗްބީއޯ މެކްސް އިންނެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.