އީރާނުގެ ނިއުކްލިއާ ފެސިލިޓީއެއް

ދުނިޔެ

ނިއުކްލިއާ އެއްބަސްވުމެއް ހެދުމަށް އީރާނުން ދެކޮޅު

ދާނިޝް - ޔޫރަޕް | 27 ޖުލައި 2022 , ބުދަ 16:12   406

ހުޅަނގާއި އެކު ނުއުކްލިއާ އެއްބަސްވުމެއް ގާއުކުރުމުގެ ފާއިދާ އެއް ނެތް ކަމަށާއި އެ ޤައުމުން އަވަސްއަރުވާލައިގެން އެއްބަސް ވުމަކާއި ހަމައަށް ދާކަށް ގަސްތުނުކުރާ ކަން އީރާނުން ހާމަކޮށްފިއެވެ.

މިވާހަކަ ހިއްސާ ކުރައްވަމުން އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ނާސިރު ކަނާނީ ވިދާޅުވީ ހުޅަނގުން ކިތަންމެ ޑިމާންޑެއް ކުރި ނަމަވެސް އަސާސީ މުހުތާދެއް ދޫކޮށްލައި ނިއުކްލިއާ އެއްބަސްވުމަކަށް އެ ގައުމުން ނުދާނެ ކަމުގައެވެ. އަދި އެ ގައުމުގެ މި ނިންމުމާ އެކު ހުޅަނގަށް އިތުރު ޕްރެޝަރެއް ވާނެކަން ޤަބުލުކުރައްވާ ކަމަށާއި އެހެން ނަމަވެސް އީރާނަކީވެސް މިނިވަން ދައުލަތެއް ކަމުގައި އޭނާ ވިދާޅުވިއެވެ. ހަމަ އެހެންމެ އީރާނުން ނިއުކްލިއާ އެއްބަސް ވުމަކަށް އަވަސްކުރަން ބޭނުން ނުވެ ތިއްބަސް ހުޅަނގުން ބޭނުން ނަމަ އެ އެއްބަސްވުމާއި ހަމައަށް ދިއުން އަވަސް ކުރެވިދާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނިއްކްލިއާ އެއްބަސްވުމަކާއި ހަމައަށް ވާސިލް ވުމަކީ ހުޅަނގުގެ ގައުމު ތަކުން އެހާ ކަންބޮޑުވާ ކަމެއް ނަމަ މާދަމާ ވެސް އެކަން ކުރަންވީ ކަމަށެވެ.

މީގެ ކުރިން އީރާނުން ވަނީ ދުނިޔޭގެ ނުފޫޒުގަދަ ހުޅަނގުގެ ގައުމުތަކާއި އެކު ނިއްކްލިއާ އެއްބަސްވުމެއްގެ ދަށުން އަމަލުކޮށްފައެވެ. 2018 ވަނަ އަހަރު އެމެރިކާ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުވާލެއްވި މި އެއްބަސްވުން- ޖޮއިންޓް ކޮންޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަލުން އިއާދަ ކުރުމަށް މިހާރު އެމެރިކާ އިން ޙާއްސަ ގޮތެއްގައި ބޭނުން ވެއެވެ. ނަމަވެސް 2015 އަހަރު ވެވުނު އެއްބަސް ވުމާއި ޙިލާފަށް މި ފަހަރު އީރާނުން އެއްބަސް ވުމުގައި ހުށަހަޅަމުންދާ ޝަރުތުތައް ކުރިއަށް ވިރެ ފުޅައު ވެފައި ހުޅަނގަށް ޕްރެޝަރ ކުރެއެވެ.

އީރާނާއި ހުޅަނގުގެ ނިއުކްލިއާ ހާލަތު ދިރާސާ ކުރައްވަވާ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ދެ ފަރާތުގެ ވިސްނުމުގައި ފަރަގު މިފަދަ ގޮތަކަށް ދިގުދެމިގެން ގޮސްފި ކަމުގައި ވަނީނަމަ، އަވަސް މުއްދަތެއްގެ ތެރޭގައި އެއްބަސް ވުމަކާއި ހަމައަށް ވާސިލު ވުން ވެގެންދާނީ ދަތި ކަމަށެވެ.

ޓެގްސް: އީރާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.