ޑޮލަރުގެ މައްސަލަ، އެއްވެސް ސަރުކާރަކަށް ޙައްލުކޮށް ނުދެވުނު ގައުމީ މައްސަލައެއް

ވިޔަފާރި

ނުފުއްދުނު ވަޢުދު 1 - ޑޮލަރުގެ ކަޅުބާޒާރު!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 28 ޖުލައި 2022 , ބުރާސްފަތި 08:12   537

ޑޮލަރުގެ އަގު އުފުލުމަކީ އިގްތިޞާދަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެކަމެކެވެ. އަދި އެއީ، ތަކެތީގެ އަގަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެކަމެކެވެ. ދިވެހިރާއްޖޭގައި ޑޮލަރުގެ އަގު ވަނީ ބޮޑުތަން އުފުލިފައެވެ.

ދިވެހިރާއްޖޭގެ ގާނޫނުތަކާއި ޤަވާއިދުތަކުގައި ވާގޮތުން ޑޮލަރުގެ މުޢާމަލާތް ކުރެވޭނެ އެންމެ މަތީ ރޭޓަކީ ޑޮލަރަކަށް 15.42 ލާރިއެވެ. ނަމަވެސް، ސަރުކާރުގެ ޕްރޮޖެކްޓައް ހިންގުމަށާއި، ތެލާއި ކާޑު ފަދަ ޒަރޫރީ ބާވަތްތަކަށް ބޭނުންވާ ޑޮލަރުވެސް މިހާތަނަށް ހޯދަމުން އަންނަނީ އޭގެއިން ބޮޑުބައެއް ކަޅުބާޒާރުން އެއަށްވުރެ ބޮޑު އަގުގައި ގަނެގެންނެވެ.

ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމަކީ މިހާރު މިހިނގަމުންދާ ސަރުކާރުގެ ރިޔާސީ ވަޢްދެކެވެ. ނަމަވެސް މިހާތަނަށް އައިއިރު އެކަމަށް އެއްވެސް ޢަމަލީ ސިފައެއް ގެނެވިފައި ނުވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި އެކު، ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއި ގުޅިގެން 2020 ވަނަ އަހަރު ކަޅުބާޒާރުގައި ޑޮލަރުގެ އަގު 20 ވިހި ރުފިޔާއަށް ވުރެވެސް މައްޗަށް ދިޔައެވެ. ނަމަވެސް، ޙާލަތު ބަދަލުވެ ކޮންމެވެސް ވަރަކަށް ތިރިވި ނަމަވެސް، އަނެއްކާވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަގު އުފުލެންފެށިއެވެ.

ޑޮލަރުގެ އަގު އޭރު ތިރިވާން މެދުވެރިވި ސަބަބެއްކަމަށް އިގްތިޞާދީ މާހިރުން ބުނަނީ، ސަރުކާރުން ގިނަ ޢަދަދަކަށް ބޭރުގެ ލޯންތައް ނަގަމުން ދިއުމުން ކަމަށެވެ. ނަމަވެސް، މިހާރު އެކަން ބަދަލުވެ ގިނަ ލޯނުތަކެއް ވަނީ އަނބުރާ ދައްކަން ފަށަންޖެހިފައެވެ. އެހެންކަމުން އަނެއްކާވެސް ޑޮލަރުގެ ދަތިކަން އިތުރަށް ގޯސްވީއެވެ.

ހަތަރު އަހަރުތެރޭގައި ސަރުކާރުން ވަނީ 37 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ނަގާފައެވެ. ޑޮލަރުގެ އަގު ހަމަ މަގަށް އަޅުވައި ކަޅުބާޒާރު ނައްތާލުމަށްޓަކައި، ދައުލަތުގެ ރިޒާވް ރަނގަޅުވާން ޖެހެއެވެ. ނަމަވެސް ރިޒާވް ވެސް ރަނގަޅެއް ނުވެއެވެ. ދަނީ އެއްދުވަހުން އަނެއްދުވަހަށް ގޯސް ވަމުންނެވެ. އަދި ސަރުކާރުން ދަނީ އެކަން ފޮރުވުމަށް މަސައްކަތްކުރަމުންނެވެ.

ބައިނަލްއަޤްވާމީ މާލީ އިދާރާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެމްއެފް) އިން ލަފާކޮށްފައިވަނީ، ޑޮލަރުގެ ޙާލަތު ކުރިއަށް އޮތަތަނުގައި ވެސް ގޯސްވެ، ދައުލަތުގެ ރިޒާވަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށެވެ.

އަދި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ދިވެހިރާއްޖޭގެ އިގްތިޞާދީ ޙާލަތު ބޮޑު އަނދަވަޅަކަށް ވެއްޓޭނެކަމަށެވެ.

ޓެގްސް: އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.