ރަޝިޔާއިން އަރައިގަތްފަހުން ޔޫކްރޭނުން ފުރައިގެން ދިޔަ ފުރަތަމަ ދަނޑުވެރިކަމުގެ ބޯޓު ތުރުކީގެ ބޮސްފޯރަސްގެ ކަނޑަ އަތުވެއްޖެ

ދުނިޔެ

ގޮވާމުގެ ބާވަތްތައް ބޭރުކުރަން ޔޫކްރޭނުން ނެރުނު ބޯޓު ތުރުކީ ކަނޑުގައި

ޒައިން ޠާލިބް - ދުނިޔެ | 6 އޯގަސްޓު 2022 , ހޮނިހިރު 09:18   451

ޔޫކްރޭނުން 26000 ޓަނުގެ ޒުވާރި ބަރުކޮށްފައި އޮތް ބޯޓެއް ބޭރުކޮށްފިއެވެ. މިއީ ހަނގުރާމަ ފެށުނުފަހުން ބޭރުކުރާ މިފަދަ ފުރަތަމަ ބޯޓެވެ.

އަދި މިބޯޓު މިހާރު މިސްރާބު ޖަހާފައިވަނީ ލުބްނާން އާއި ދިމާލަށެވެ. ފެބްރުއަރީ މަހު ޔޫކްރޭނުން އަރައިގަތް ފަހުން ރަޝިޔާއިން އަންނަނީ ޔޫކްރޭންގެ ބަނދަރުތައް ބްލޮކޭޑް ކުރަމުން ކަމަށެވެ. މީގެ ސަބަބުން ޔޫކްރޭނަށް ކާބޯތަކެތީގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ.

މިދިޔަ މަހު ތުރުކީ އާއި އެމެރިކާ އިން ކުރި އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން ދެ ފަރާތުން ވެސް ވަނީ ޝިޕްމަންޓްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފަ އެވެ. ޔޫކްރޭންގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އަދި އިތުރަށް 17 ހަނޑުލުގެ ބޯޓު އެބަހުރިކަމަށެވެ.

ދެ މަސް ދުވަހުގެ މަޝްވަރާތަކަށް ފަހު ޖުލައި މަހުގެ ފަހުކޮޅު ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ވެފައިވާ އެއްބަސްވުމާ މެދު ޝައްކު އުފެދުނީ އެއްބަސްވުން އިއުލާންކުރިތާ 24 ގަޑިއިރު ނުވަނީސް ރަޝިޔާއިން އޮޑެސާގެ ބަނދަރަށް ދެ މިސައިލް ފޮނުވާލުމުންނެވެ.

ދުނިޔޭގެ ގޮވާމުގެ ސަޕްލައި ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ ރަޝިޔާ އާއި ޔޫކްރޭން ގުޅިގެންނެވެ. އެހެން ކަމުން ބްލެކް ސީގެ ބަނދަރުތައް ބްލޮކޭޑް ކުރުމުން ދުނިޔޭގެ ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިވެ، ރޮށި އާއި ޕާސްތާ ފަދަ ހަނޑުލުން އުފައްދާ އުފެއްދުންތައް އަގުބޮޑުވެ، ކެއްކުމަށް ބޭނުންކުރާ ތެލާއި ފަރުދާގެ އަގު ވެސް ބޮޑުވެ އެވެ.

2019 ވަނަ އަހަރު ޔޫކްރޭނުން ވެސް ދުނިޔޭގެ ޒުވާރި ސަޕްލައިގެ %16 އަދި ސަންފްލާވާ ތެލުގެ %42 ހިއްސާކުރި ކަމަށް އެމެރިކާ އިން ބުނެއެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.