އެރަށުގެ ރައްޔިތުން މިނިބަހެއް ދަމައިގަންނަމުން ދިޔައިރު، އޭގައި 14 ހަށިގަނޑު ފެނިފައިވޭ

ދުނިޔެ

ޔޫގަންޑާއަށް ފެންބޮޑުވުމުގެ ސަބަބުން 24 މީހުން މަރުވެއްޖެ

ޒައިން ޠާލިބް - އެފްރުކާ | 4 އޯގަސްޓު 2022 , ބުރާސްފަތި 20:06   251

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޔޫގަންޑާގެ އިރުމަތީގެ ބައެއް ހިސާބުތަކަށް ފެންބޮޑުވުމުގެ ސަބަބުން 24 މީހުން މަރުވެފައިވާ ކަމަށް ސަރުކާރާއި ޔޫގަންޑާގެ ރެޑްކްރޮސް އިން ބުނެފި އެވެ.

ބުގިސޫ، އެމްބާލޭ އަދި ކަޕްޗޯރްވާގެ ބައެއް ހިސާބުތަކަށް ފެންބޮޑުވުމުގެ ސަބަބުން 10 މީހަން ވަނީ މަރުވެފައެވެ. ހޯމަ ދުވަހު އެނެއްކާވެސް ވަނީ މަރުވި މީހުންގެ އަދަދު އިތުރުވެފަ އެވެ.

ޔޫގަންޑާ ރެޑްކްރޮސްގެ ތަރުޖަމާނު އައިރީން ނަކަސިޓާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާތަނަށް ސަލާމަތް ކުރާ ފަރާތްތަކުން އެމްބާލޭ އިން 21 ހަށިގަނޑާއި ކަޕްޗޯރްވާ އިން އިތުރު ތިން ހަށިގަނޑެއް ހޯދާފައިވާ ކަމަށެވެ.

ބުދޫޑާ އާއި ސިރޮންކޯ ޑިސްޓްރިކްޓްގައި އުދައެރުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި އިރުމަތީ ޔޫގަންޑާ އާއި ހުޅަނގު ސަރަހައްދުގައި އޮންނަ ބުންޑިބުގިޔޯ އިން ގާތްގަނޑަކަށް 65،000 މީހުން ގެދޮރު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.

ޓެގްސް: އެފްރިކާ ބައްރު ޔުގަންޑާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.