އިނގިރޭސިވިލާތުގައި ކުރަމުންދާ މުޒާހަރާ ތަކުގެ ތެރެއިން

ދުނިޔެ

"ޑޯންޓް ޕޭ ޔޫކޭ" ގެ ނަމުގައި އިނގިރޭސިވިލާތުގައި ކެމެޕޭނެއް ފަށައިފި

ދާނިޝް - ޔޫރަޕް | 6 އޯގަސްޓު 2022 , ހޮނިހިރު 19:13   176

"ޑޯންޓް ޕޭ ޔޫކޭ" ގެ ނަމުގައި، ގޭހާއި ކަރަންޓު ބިލު ނުދައްކަން ގޮވާލައި އިނގިރޭސިވިލާތުގައި ކެމްޕޭނެއް ފަށައިފިއެވެ.

އިނގިރޭސިވިލާތުގައި ގޭހާއި އިލެކްޓްރިކް ބިލު އިންތިހާއަށް ބޮޑުވަމުން ދާތީ ފެށުނު މި ކެމްޕޭން އިންތިޒާމް ކުރި ފަރާތުން ބުނީ ބިލުތައް ނުދައްކަން 75،000 މީހުންގެ ތާއިދު މިހާރު ލިބިފައިވާ ކަމަށެވެ. އެ ފަރާތުން ބުނާ ގޮތުގައި އަންނަ ފިނި މޫސުމުގައި 6.3 މިލިއަން ގޭގެއަށް ބިލުތައް ދެއްކުމަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހޭނެއެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރުން މި ކެމްޕޭނާއި ގޮތުން ބުނަމުންދަނީ މިއީ ހާލަތައް ބަލައި އިރު ވަރަށް ޒިންމާދާރުކަން ކުޑަ ކެމްޕޭނެއް ކަމަށާއި ދުނިޔޭގެ ބާޒާރުގެ ހަކަތައިގެ އަގުތަކަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫންކަމަށެވެ. އަދި މިހާރުވެސް އެކި އެކި ސަޕޯޓާއި ޑިސްކައުންޓުގެ ގޮތުގައި އެކި ގޭގެއަށް 37 ބިލިއަން ޕައުންޑް ސަރުކާރުން އަހަރެއްގެ މައްޗަށް ހޭދަކުރަމުން އަންނަ ކަމުގައެވެ.

މިދިޔަ އޭޕްރީލް މަހު އިނގުރޭސިވިލާތުގެ އެވްރެޖް ކަރަންޓް އަދި ގޭސް ބިލް 2,000 ޕައުންޑަށް އަރައިފައި ވާއިރު މި އަދަދު މިދިޔަ އަހަރު ހުރީ 1،400 ޕައުންޑްގައެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.