މިއަދު ހެނދުނު 8.45 ހާކަހާއިރު ނަގާފައިވާ ފޮޓޯތަކެއް (ފޮޓޯ: ޒައިން ޠާލިބް)

ހަބަރު

ސީލް ގައިން ގިނަ ޢަދަދަކަށް ލޭފައިބާ، މަރާއި ހަނގުރާމަކުރަނީ!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 އޯގަސްޓު 2022 , އަންގާރަ 09:07 3   3574

އައްޑޫ ސިޓީ އިން ފެނިފައިވާ ކަނޑު ޖަނަވާރުގެ ބާވަތެއް ކަމުގައިވާ ސީލް މިހާރު ދަނީ މަރާއި ހަނގުރާމަކުރަމުން ކަމުގެ މަޢްލޫމާތު ލިބިއްޖެއެވެ.

އެކްޕްރެސް ނިއުސް އަށް ލިބިފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަގޮތުގައި ސީލް ގައިން ގިނަ ޢަދަދަކަށް ލޭފައިބަމުންދާއިރު، އޭތި އޮތީ ވަރަށް ބޮޑު ވަރުބަލިކަމެއްގެ ތެރޭގައެވެ.

މިއަދު ހެނދުނު 8.30 އެހާކަށްހާއިރު އެތަނަށް ދިޔަ މީހަކު ކިޔައިދިންގޮތުގައި، ސީލް ދެލޯ ވެސް ވަނީ ވަރަށް ބޮޑަށް ރަތް ވެފައެވެ. އަދި މާބޮޑު ޙަރަކާތެއް ނެތެވެ. "ވަރަށް ގިނައިން ކިނބިހި އަޅަމުން ދަނީ"، އޭނާ ބުންޏެވެ.

ފުރަތަމަ ދެދުވަހު ސީލް ފެނިފައިވަނީ ވަރަށް ޙަރަކާތްތެރިކޮށެވެ. މީހުންނާއިވެސް ކޮންމެވެސް ވަރަކަށް ގާތްވެ ހެދިއެވެ. އަދި ބައެއް ފަރި ޙަރަކާތްތަކާއި ލަވައިގެ ހުނަރުވެސް ދައްކާލިއެވެ. ނަމަވެސް އިއްޔެ އެކަހަލަ ކަމެއް އޭގެ ފަރާތުން ފެނިފައިނުވެއެވެ. އަދި އެތަނަށް ދިޔަ ބައެއް މީހުން އެއަށް ކާންދޭން މީގެ ކުރިން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ހުއްޓުވާފައެވެ. އަދި ކާން ނުދިނުމަށް ފުލުހުންގެ އިތުރުން ކަމާއި ގުޅޭ އެހެން އިދާރާތަކުން ވެސް އިލްތިމާސްކޮށްފައިވެއެވެ. އެކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ބަޔާނެއް ވެސް ނެރެފައިވެއެވެ.

ފުލުހުން ވަނީ އެއާއި ގާތް ނުވެވޭގޮތަށް ސަރަޙައްދު ބަންދުކޮށް، ކޯނު އަޅައި ޓޭޕް ދަމާފައެވެ. ނަމަވެސް އިއްޔެ ވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ސީލް ބަލާލަން ދިޔައެވެ.

ސީލްގެ މޫނު މަތިން ދަނީ ވަރުބަލިކަން ފެންނަމުން

ސީލްގެ ލޯ ވަރަށް ބޮޑަށް ރަތްވެފައި (ފޮޓޯ: ޒައިން ޠާލިބް)

އިއްޔެ ހަވީރު ސީލް ބަލާލަން މީހުން އެއްވެފައި

މިލިޔުމާއި ގުޅޭ :

ސީލްއެއް ފެނުމުން، "އެއްގޮތަކަށް ވެސް ކޮށްގެންނުވާނެ ކަންކަން" - ފުލުހުން

އައްޑޫ ސިޓީ އިން އަނެއްކާވެސް ސީލްއެއް ފެނިއްޖެ

ޓެގްސް: އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.