އެންމެފަހުން ބޭއްވުނު "ޓޮޕް އެޗީވާރސް އެވޯޑް" ތެރެއިން

ހަބަރު

ޓޮޕް އެޗީވާސް އެވޯޑު ޙަފްލާއަށް، "ވަކި ހެދުމެއްލާން މަޖުބޫރެއް ނުކުރަން" - އެޑިއުކޭޝަން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 އޯގަސްޓު 2022 , ހޯމަ 10:13   491

ނިމިދިޔަ އަހަރު ސާނަވީ ތަޢްލީމު ފުރިހަމަކޮށް، ފަޚުރުވެރި ވަނަތައް ހޯދި ދަރިވަރުންގެ ޝަރަފުގައި ބާއްވާ ޚާއްސަ ޙަފްލާގައި ބައިވެރިވުމަށްޓަކައި ވަކި ހެދުމެއް ލާން މަޖުބޫރު ނުކުރާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

.

މިނިސްޓްރީ އިން މިހެން ބުނެފައި މިވަނީ، މިޙަފްލާގައި ބައިވެރިވުމަށްޓަކައި ސްކޫލް ޔުނިފޯމް ލާން އަންގާފައިވާކަމަށް ބުނެ ދަރިވަރުންނާއި ބެލެނިވެރިން ނުރުހުން ފާޅުކޮށް ޕެޓިޝަނެއްގައި ސޮއިކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ބެލެނިވެރިން ބުނެފައިވަނީ، ވަގުތު ކުޑަތަންވެފައިވާއިރު، ޙަފްލާއަށް ދިއުމަށްޓަކައި ބޮޑު އަގު ދީފައި ހެދުން ފަހާފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ސުވާލުކުރުމުން، މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ވިސްނުމުގައި ބެލެނިވެރިންނަށް އެފަދަ އިރުޝާދުތަކެއް ދެވިފައިވީނަމަވެސް މަޖުބޫރު ނުކުރާކަމަށެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން ޔުނިފޯމްލާން ބުނެފައި ވާނީ. ނަމަވެސް ދަރިވަރުން ބޭނުން އޮޕްޝަނެއް [ގޮތެއް] ނެގުމުގެ އިޚްތިޔާރު އޮންނާނެ.

~ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލު

މިރަސްމިއްޔާތު އޮންނާނީ އަންނަ ހަފްތާގައި މާލެގައެވެ. މިރަސްމިއްޔާތުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި އެކު މިފަދަ ޙަފްލާއެއް ނުބޭއްވި ގިނަދުވަސްތަކެއް ވެފައިވާއިރު، އެންމެފަހުން މިފަދަ ޙަފްލާއެއް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.

މިލިޔުމާއި ގުޅޭ:

ގަދަ 10 އިނާމްދިނުމުގެ ޙަފްލާއަށް، ޔުނިފޯމްލާންޖެހޭތީ ދަރިވަރުންނާއި ބެލެނިވެރިން ޕެޓިޝަން ހަދަންފަށައިފި

ޓެގްސް: ތަޢްލީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.