ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓް

ދުނިޔެ

ޒެލެންސްކީގެ ވަރުގަދަ އިންޒާރެއް ރަޝިއާއަށް

ދާނިޝް - ޔޫރަޕް | 16 އޯގަސްޓު 2022 , އަންގާރަ 08:22   228

ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަށް ހަމަލާ ދެމުން އަންނަނީ ރަޝިޔާގެ ސިފައިން ކަމަށް ތުހުމަތު ކުރައްވާ، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރަޝިޔާ ސިފައިންނަށް ވަރުގަދަ އިންޒާރެއް ދެއްވާފިއެވެ.

ރަޝިއާގެ ސިފައިންނާއި އަމާޒުކޮށް ޒެލެންސްކީ ބުނެފައިވަނީ ރަޝިއާގެ ސިފައިން އަންނަނީ އެ ޕްލާންޓް އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުން ކަމަށާއި އަދި އެ ތަނުގައި ތިބެގެން ޔޫކްރެއިނަށް ހަމަލާ ދެމުން ކަމަށެވެ. މިއާއި އެކު އޭނާ ވަނީ ރަޝިއާގެ ކޮންމެ ސިފައިންގެ މީހަކީ ޔޫކްރެއިންގެ ފައުޖުތަކުގެ އަމާޒެއްކަން ހަނދާނުގައި ބަހައްޓަން އިންޒާރު ދެއްވާފައެވެ.

މި ޕްލާންޓަކީ ވިލާތުގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ އެންމެ ބޮޑު ޕްލާންޓެވެ. އަދި ދާދި ފަހުން މި ޕްލާންޓަށް ދޭން ފެށި ވަރުގަދަ ހަމަލާތަކަށް އަދިވެސް ހުއްޓުމެއް އައިސްފައި ނުވާއިރު، މި ހަމަލާތަކުގެ ޒިންމާ އެއްވެސް ގައުމަކުން އަދިވެސް ނުނަގައެވެ. އޭގެ ބަދަލުގައި ފެންނަމުންދާ މަންޒަރަކީ ރަޝިއާ އާއި ޔޫކްރެއިނުން މި ހަމަލާ ތަކުގެ ޒިންމާ އެއް ގައުމުން އނެއް ގައުމަށް އަޅުވަމުން ގެންދާ މަންޒަރެވެ.

ރަޝިޔާއިން ފެބުރުއަރީ 24 ގައި ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށިތާ ކުރީ ކޮޅު އަތްގަދަ ކޮށްފައިވާ ތަން ތަނުގެ ތެރެއިން މި ޕްލާންޓް ހިމެނެއެވެ. އަދި މިހާތަނަށް މި ތަނަށް ލިބިފައިވާ ހަމަލައިތަކުގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް އެތަނަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ނިއުކްލިޔަރ ރޭޑިއޭޝަން ބޭރުވޭތޯ ބެލުމަށް ހަރުކޮށްފައިވާ ބައެއް ސެންސަރތައް ހަލާކުވުމާއި، ތަނުގައި ބޭނުން ކުރާ ފެން ޕްލާންޓަކާއި އަލިފާން ނިއްވާ ސްޓޭޝަނަށް ވެސް ވަނީ ގެއްލުން ވެފައެވެ.

މިކަމާއި ގުޅިގެން އ.ދ.ގެ އިތުރުން އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައި-އޭ.އީ.އޭ)އިން ވަނީ ކަންބޮޑުވުން ފައުޅުކޮށް، ޕްލާންޓާއި އަމާޒުކޮށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް އަވަސް މުއްދަތެއްގެ ތެރޭގައި ނައިސްފިނަމަ ނިއުކްލިޔަރ ކާރިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ދީފައެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.