ރެޑްކްރެސެންޓުން ބާއްވާ 2ކޭ އަދި 5ކޭ ރަން އޮންނާނީ، ހުކުރު ދުވަހު ހަވީރު ސިޓީސްކުއަރ ގައި

ހަބަރު

ރެޑްކްރެސެންޓުން އައްޑޫގައި ބާއްވާ "ރަން ފޯ ހިއުމޭނިޓީ" ގެ ބިބްސެޓް ދޫކުރުން މިއަދު ހަވީރު ސިޓީސްކުއާރގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 18 އޯގަސްޓު 2022 , ބުރާސްފަތި 14:46   502

ބައިނަލްޢަޤުވާމީ އިންސާނިއްޔަތައް މަސައްކަތްކުރާ ދުވަހުގެ އިތުރުން، މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) ގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަން މާދަމާ އޮންނައިރު، އެއަށް ބޭނުންވާ ބިބްސެޓްތައް ވިއްކުން މިއަދު އައްޑޫ ސިޓީ ސްކުއަރ ގައި އޮންނާނެކަމަށް އެފަރާތުން ބުނެފިއެވެ.

.

ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާ މިރަން ފެށޭނީ 19 އޯގަސްޓް ވާ ހުކުރު ދުވަހުގެ ހަވީރު 4.00 ގައި ހިތަދޫ ސިޓީ ސްކުއަރ ސަރަޙައްދުންނެވެ. މިރަންގެ މައިގަނޑު އަމާޒަކީ އިންސާނިއްޔަތަށް މަސައްކަތައްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުން ކަމަށެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން އެމްއާރުސީގެ އޮފިޝަލަކު ވިދާޅުވީ، ބިބްސެޓެއް ވިއްކަމުން ދަނީ 200ރ. އަށް ކަމަށެވެ. އަދި ލިބެމުންދާ ތަރުޙީބު ރަނގަޅުކަމަށެވެ.

އަޅުގަނޑުމެން މިޓާގެޓް ކުރީ 200 މީހުންނަށް. މިހާރު ބޮޑުބައި ހުރީ ވިކިފައި. އެންމެ ފަހު ވަގުތާއި ޖެހެދެން ވެސް އަޅުގަނޑުމެން ބިބްތައް ވިއްކާނަން. އެހެންވީމާ، ދުވަން ތައްޔާރުވެވަޑައިގެން މާދަމާ ހަވީރު ސިޓީ ސްކުއަރ އަށް ވަޑައިގަތަސް އަޅުގަނޑުމެން ބިބްތައް ދޫކުރާނަން. ބިބްތައް ގަތުމަށްޓަކައި އަޅުގަނޑުމެން ފޯރުކޮށްދީފައިވާ ލިންކު ބޭނުންފުޅުކުރެއްވީމަ ރަނގަޅުވާޏެ.

~ ~ އެމްއާރްސީ އޮފިޝަލު

މީގެ ކުރިން އެމްއާރުސީ އިން ބުނެފައިވަނީ، ރެޖިސްޓްރޭޝަން ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް ވެސް އެއް ބިބްގެ އިތުރުން، ކުޅިވަރުގައި ވެސް ބޭނުންކުރެވޭ ޚާއްސަ ފެންއަޅާ ފުޅިއެއް ދެވޭނެކަމަށެވެ. އަދި ކޮންމެ ބައިވެރިއަކަށް ވެސް މެޑެއްޔެއް ލިބޭނެއެވެ.

ސްކޫލްތަކުގެ ހުރިހާ ޢުމުރުފުރައެއްގެ ކުދިންނަށް ވެސް މި ރަން ގައި ބައިވެރިވެވޭނެ އެވެ. ބެލެނިވެރިންނަށް ވެސް ބައިވެރިވެވޭނެއެވެ. ފުރަތަމަ ބެލެނިވެރިންގެ ޙަރަކާތް، 5ކޭ ރަން މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ފެށިގެންދާއިރު، ކުޑަކުދިންނަށް ޚާއްޞަކުރެވޭ 2ކޭ ރަން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު ފަހެއް ޖަހާއިރުއެވެ.

"ރަން ފޯ ހިއުމޭނިޓީ 2022" އިވެންޓް ޕޯސްޓަރެއް

މި ރަން އިންތިޒާމުކުރަނީ އީކުއޭޓަރ ވިލެޖް، އައްޑޫ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާވިސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް، އަދި ބީއޭޕީސީ މާޓްގެ އެހީތެރިކަމާއިއެކުއެވެ. އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނޫހެވެ.

އެކްސްޕްރެސް ނޫހުން މިޙަރަކާތް، އެމްޑަބްލިއު ސްޓޫޑިއޯގެ އެހީތެރިކަމާއިއެކު ލައިވްސްޓްރީމް ކުރާނެއެވެ.

ބިބް ގަތުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވާ:

ރެޖިސްޓާރކުރުމަށް، އަދި ބިބްގަތުމަށް މިލިންކު ބޭނުންކުރައްވާ

މިލިޔުމާއި ގުޅޭ:

"ރަން ފޯ ހިއުމޭނިޓީ 2022" ގެނަމުގައި، މޯލްޑިވިއަން ރެޑްކްރެސެންޓުން އިންތިޒާމްކުރާ ދުވުމެއް އައްޑޫގައި

ޓެގްސް: އެމްއާރުސީ ދުވުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.