ކުވައިތް އެއަރލައިންސްގެ މަތިންދާބޯޓެއް

ވިޔަފާރި

ކުވައިތު އެއަރލައިންސްގް ދަތުރުތައް ރާއްޖެއަށް ފަށަނީ

ދާނިޝް - ދިވެހި ރާއްޖެ | 20 އޯގަސްޓު 2022 , ހޮނިހިރު 13:33   351

ކުވައިތުގެ ޤައުމީ އެއަރލައިން ކުވައިތު އެއަރވޭސްގެ ދަތުރުތައް އަންނަ އޮކްޓޯބަރ މަހު ރާއްޖެއަށް ފެށުމަށް ހަމަޖެހިއްޖެއެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކުވައިތުން ރާއްޖެއަށް 4325 ފަތުރުވެރިން ވަނީ އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ކުވައިތުން ރާއްޖެ އައިސްފައިވަނީ 1274 ފަތުރުވެރިންނެވެ.

އޮކްޓޯބަރ 31 ވަނަ ދުވަހު ކުވައިތު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށާއިރު ހަފްތާއަކު 2 ދަތުރު އެ އެއަރލައިނުން ރާއްޖެއަށް ކުރާނެއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެއަރބަސް އޭ320 މަރުކާގެ ބޯޓެވެ.

ޓެގްސް: ރާއްޖެއަންނަ އެއަރލައިންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.