މިރޭލުން ދުމުގެ ބަދަލުގައި ބޭރުކުރާނީ ސްޓީމް އަދި އާއްވަށް ބަދުވެފައި ހުންނަ ފެން

ދުނިޔެ

ހައިޑްރޮޖަން ހަކަތަ ބޭނުންކޮށްގެން މީހުން އުފުލާ ފުރަތަމަ ރޭލް، ޖަރުމަނުގައި ފަށައިފި

އަލީ އަޒްޔަން - ޔޫރަޕް | 29 އޯގަސްޓު 2022 , ހޯމަ 08:17   321

މުސްތަގުބަލުގައި ތިމާވެއްޓާއި ރައްޓެހިކޮށް ދަތުރުކުރުމަށް ހުޅިވެގެންދާ އާދޮރަކަށް މިއީޖާދުވެގެން ހިނގައިދާނެއެވެ. މައުދަނެއް ކަމަށްވާ ހައިޑްރޮޖަން ބޭނުންކޮށްގެން ދުއްވާ ރޭލު ޓެކްނޮލޮޖީގައި، ޖަރުމަނުވިލާތުން ބޮޑު ކުރިއެރުންތަކެއް ހޯދައިފިއެވެ.

.

މިރޭލަކީ އެއްވެސް ވަރަކަށް ދުން ނާރާނެ ރޭލެކެވެ. މިރޭލުން ހައިޑްރޮޖަން އާއިއެކު ޖައްވުން އޮކްސިޖަން ނަގައިގެން ހަކަތަ އުފައްދާނެއެވެ. މިހާރު ޢާއްމުކޮށް އެގައުމުގައި ދިގުރާސްތާގައި ބޭނުންކުރަނީ ޑީސެލުން ދުއްވާ ރޭލެވެ. އެގަމުން ވަނީ ބުދަ ދުވަހުން ފެށިގެން މިފަދަ 14 ރޭލެއްގެ ދަތުރު ފެށުމަށް މަސައްކަތް ފަށާފައެވެ.

އެގައުމުގެ ކުންފުންޏަކާއެކު ހެދިފައިވާ 92.3 މިލިއަން ޔޫރޯގެ އެއްބަސްވުމުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން މި 14 ރޭލު އޮޕަރޭޝަނަށް ގެންނަން ޖެހެއެވެ.

މިރޭލުތަކަށް ބޭނުންވާ ހައިޑްރޮޖަންއަށް ބަލާއިރު، 4.5 ކިލޯގެ ޑީސެލްއާއި އެންމެ ކިލޯއެއްގެ ހައިޑްރޮޖަންއާއި އެއްވަރުވާނެއެވެ. އަދި އެންމެ ހައިޑްރޮޖަން ޓޭންކަކުން މުޅި ދުވަހު ދަތުރުކުރެވޭއިރު އެގައުމުން މިހާރު ވަނީ ހައިޑްރޮޖަން ފިލިންގ ސްޓޭޝަނެއް ވެސް ޤާއިމުކޮށްފައެވެ.

ޖަރުމަނުވިލާތުން އަންނަނީ 2012 އަހަރުން ފެށިގެން ޕްރޮގްރާމް ކާމިޔާބުކުރުމަށް މަސައްކަތްކުރަމުންނެވެ. އެޤައުމުގައި 4،000 އަށްވުރެ ގިނަ ޑީސެލް ރޭލް ދަތުރުކުރާކަމަށް ސީއެންއެން އިން ބުނެފައިވެއެވެ. މިއީ އެގައުމުގެ ދަތުރުފަތުރުކުރާ މީހުންގެ 20 އިންސައްތައެވެ.

ހައިޑްރޮޖަން ހަކަތަ ބޭނުންކުރާ ރޭލު ތަޢާރަފްކޮށްފައިމިވަނީ ރަޝިއާ އާއި ހުޅަނގާއިއެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، ތެޔޮ ހޯދުމުގައި ޔޫރަޕްގެ އިއްތިހާދަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ޓެގްސް: ޖަރުމަން ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.