ޕާކިސްތާނުގެ މަގުތައް ފެންބޮޑުވެފައި

ދުނިޔެ

ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި އޮތީ ފެނު އަޑީގައި

ޒަހީން ޠާލިބް - ދެކުނު އޭޝިޔާ | 30 އޯގަސްޓު 2022 , އަންގާރަ 18:36   278

ޕާކިސްތާނުގައި ފެންބޮޑުވުމާއިއެކު އެގައުމުގެ ތިންބައިކުޅަ އެއްބައި މުޅިން އަޑިއަށް ގޮސްފައިވާ ކަމަށް އެގައުމުގެ ކްލައިމެޓް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ފެން ބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ މަގުތަކާއި ގެތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ދޮވެގެން ގޮސްފަވެއެވެ. ޖޫން މަހު މޫސުން ގޯސްވާން ފެށި ފަހުން 1،136 މީހުން ވަނީ މަރުވެފައި ކަމަށް، ކަމާބެހޭފަރާތް ތަކުން ހާމަކޮށްފައިވެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ އެކަނިވެސް 75 މީހުން މިހާރުވެސް މަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އަދި މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެއެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލަވާލް ބުޓޯ-ޒަރުދާރީ ވިދާޅުވީ މަރުވި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިން ކަމަށް ބެލެވޭ ކަމަށެވެ.

އޮފިޝަލުން ލަފާކުރާ ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ 33 މިލިއަނަށް ވުރެ ގިނަ މީހުންއަށް ވަނީ ގެއްލުން ލިބިފައެވެ.

އެގައުމުގެ އުތުރު ސްވަތު ވެލީގެ ފެންގަނޑުގެ ސަބަބުން ބްރިޖްތަކާއި މަގުތައް ހަލާކުވެ މުޅި ރަށްތައް ވަނީ ގުޅުން ކަނޑިފައެވެ.

ފަރުބަދަމަތީ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު އެތަން ދޫކޮށް ދިއުމަށް އަންގާފައިވެއެވެ. ނަމަވެސް ހެލިކޮޕްޓަރުގެ އެހީގައި ދަނީ ތާށިވެފައިވާ މީހުންނާ ހަމައަށް ވާސިލްވުމަށް ދަތިތަކެއް ކުރިމަތިވަމުންނެވެ.

ސަލާމަތްވާން މަސައްކަތްކުރި މީހުން ވަނީ ގައުމުގެ ވަގުތީ ކޭމްޕްތަކުގެ ތެރެއިން އެއް ކޭމްޕަށް ތޮއްޖެހިފަ އެވެ.

ސިންދު އާއި ބަލޫޗިސްތާން ފަދަ ޕްރޮވިންސްތަކަށް އެންމެ ބޮޑަށް އަސަރު ކުރި ނަމަވެސް ޚައިބަރު ޕަޚްތުންޚވާގެ ފަރުބަދަމަތީ ސަރަހައްދުތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

މި ކާރިސާއިން އަނބުރާ ގައުމު ބިނާކުރުމަށް ކުރިމަތިވާނެ ގޮންޖެހުމާއި ޚަރަދާމެދު ކަންބޮޑުވުން ބޮޑުވަމުންދާއިރު، ޕާކިސްތާނުގެ ސަރުކާރުން ވަނީ އެހީދޭ އިދާރާތަކާއި އެކުވެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކުން މާލީ އެހީތެރިކަން ހޯދުމަށް އެދިފައެވެ.

ޓެގްސް: ޕާކިސްތާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.