ބޮރިސް ޖޯންސަން

ދުނިޔެ

ބޮރިސް ޖޯންސަންގެ ބަހުގެ ހަމަލާތަކެއް ރަޝިއާއަށް

ދާނިޝް - ޔޫރަޕް | 31 އޯގަސްޓު 2022 , ބުދަ 08:51   183

އިނގިރޭސިވިލާތުގެ ހަކަތައިގެ މާކެޓަށް ލޮޅުން އަރަމުން ދަނީ ރަޝިއާގެ ރައީސް ހޮބީއަކަށްހެން ފައްޓަވާގެން އުޅުއްވާ ހަނގުރާމއާއި ގުޅިގެން ކަމަށް އިނގިރޭސި ވިލާތުގެ ވަގުތީ ރައީސް ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންނަށްވެސް އެކަމުގެ ތަކުލީފާއި އުދަނގޫ ވަނީ ޖެހިފައެވެ. އެގޮތުން އިނިގިރޭސި ގޭބިސީތަކުގެ ކަރަންޓް ބިލު ބޮޑުވުމަކީ ވެސް ރަޝިއާގެ ސަބަބުން ދިމާވެފައިވާ ހާލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ހިތިކަން އެންމެ ބޮޑަށް އިހުސާސްވެގެން ދާނީ މިފެށޭ ފިނި މޫސުމުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. މި ވާހަކަ ތަކާއި ވިދިގެން ޖޯންސަން ވަނީ ކިތައްމެ ހާލަތު ގޯސްވި ނަމަވެސް ރަޝިއާ އާއި ދެކޮޅަށް އަޅަމުން އަންނަ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއި ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ބޮރިސް ޖޯންސަން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި މިހާރު އޭނާ ހުންނަނީ އައު ބޮޑުވަޒީރަކު އިންތިހާބު ވަނީސް ވަގުތީ ބޮޑުވަޒީރުގެ މަގާމުގައެވެ. ޖޯންސަންއަށް އޭނާގެ ދައުރުގައު އާންމުންގެ ބޮޑެތި ފާޑުކިޔުން ތަކެއް އަމާޒުވެގެން ދިޔައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އައު ބޮޑުވަޒީރަކު އިންތިހާބު ވުމުން އެ ގައުމުގެ ހާލަތު މިހާރަށްވުރެ ރަނގަޅު ވާނެއެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.