މިސްވޯލްޑް ސާބިއާ އަންޔާ ރެޑިޗް ފުވައްމުލައް ސިޓީގައި

ހަބަރު

މިސްވޯލްޑް ސާބިއާ ފުވައްމުލައްސިޓީ ގައި

އަލީ އަޒްޔަން - ފުވައްމުލަކު | 30 އޯގަސްޓު 2022 , އަންގާރަ 11:19   575

ޓައިޓަން މޯލްޑިވްސް އިންތިޒާމްކޮށްގެން ބޭއްވި، ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯގައި، ޚާއްޞަ މެޙްމާނެއްގެ ގޮތުން ބައިވެރިވި، ޔޫރަޕްގެ އެންމެ ޓޮޕް މޮޑެލްކަން ވެސް ހޯދާފައިވާ މިސްވޯލްޑް ސާބިއާ އަންޔާ ރެޑިޗް، އެކްސްޕޯ އަށް ފަހު ފުވައްމުލައް ސިޓީއަށް ދަތުރުކޮށްފިއެވެ.

މި ދަތުރުގައި އޭނާ އާއިއެކު މިސް ވޯލްޑް ސާބިއާ އަދި މޮންޓެނީގްރޯގެ ރައީސް ވެސްނާ ޑެ ވިންޗާގެ އިތުރުން، އެކްސްޕޯ އިންތިޒާކުރި ޓީމްގެ އިތުރުން ބައެއް އައްޑޫގެ އެގްޒިބިޓަރުން ވެސް ބައިވެރިވެފައިވެއެވެ.

ޓައިޓަން މޯލްޑިވްސްގެ ފަރާތުން ވާހަކަދައްކަވަމުން، މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މިދަތުގައި ފުވައްމުލައް ސިޓީ ކައުންސިލާއި އެތަނުގެ ޓޫރިޒަމްގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެތަންތަނަށް ޒިޔާރަތްކޮށް ފުވައްމުލަށް މުޅިދުނިޔެއަށް ދައްކާލުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

މިދަތުރުތައް ކުރިއަށް ގެންދެވެނީ ފުވައްމުލައް ސިޓީ ކައުންސިލްގެ އިތުރުން އެމްޓީސީސީ އާއި ބައެއް އެހެން ޕާޓްނަރުންގެ އެހީތެރިކަމާއިއެކުކަން އެފަރާތުން ފާހަގަ ކުރައްވައެވެ.

އަންޔާ އަދި ވެސްނާގެ ބައެއް ސްނެޕްޝޮޓްސް

މިލިޔުމާއި ގުޅޭ

މިސް ވޯލްޑް ސާބިއާ އައްޑޫ ސިޓީގައި، ބޭނުން ވަނީ ދިވެހި ލިބާހެއް ލާން

މިސް ވޯލްޑް ސާބިއާ 2021 އޯގަސްޓު 3 ގައި އައްޑުއަށް، އޭނާ ބޭނުންވަނީ އައްޑޫ ހަވާދުގެ ރަހަ ބަލާލަން

އަންޔާ ދިވެހި ލިބާހާއި އެކު

ފުވައްމުލައް ސިޓީ އިން

ޓެގްސް: އެކްސްޕޯ އައްޑޫގެ ޓޫރިޒަމް ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.