އިގްތިސާދީ ދަތިކަމާ ގުޅިގެން ރުޅިވެރިކަމާއި މާޔޫސްކަމުގެ ތެރޭގައި ޖުލައި މަހު މުޒާހަރާގެ ބައިވެރިން ރައީސްގެ ގެއަށް ވަންނެތަން

ދުނިޔެ

ސްރީލަންކާގެ ރައީސްކަމުގެ މަގާމުން ދުރުކުރި ކުރީގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންފi

ޒައިން ޠާލިބް - އޭޝިއާ | 4 ސެޕްޓެންބަރ 2022 , އާދީއްތަ 23:56   174

ޖުލައި މަހު ގިނަ މުޒާހަރާތަކަށް ފަހު ގައުމުން ބޭރަށް ފިއްލަވާފައިވައި ވަޑައިގެންނެވި، ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އެނބުރި އެގައުމަށް ވަޑައިގެންފި އެވެ.

ރާޖަޕަކްސާ ތައިލެންޑްގައި މަޑުކުރައްވަމުން ގެންދެވީ ވަގުތީ ވިސާއެއްގައި ކަމަށާއި އޭނާ ވަނީ ސިންގަޕޫރު މަގުން އެނބުރި ގައުމަށް ވަޑައިގެންފައި ކަމަށް ވެއެވެ. ލަންކާގެ ބައެއް ވަޒީރުން އެއާޕޯޓުގައި އޭނާއާ ބައްދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލަންކާގެ ތާރީހުގައި ވެސް އެ ޖަޒީރާ ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ދަތިކަމުގެ ޒިންމާ ލަންކާގެ ރައްޔިތުން އަޅުވަނީ އެމަނިކުފާނުގެ ސަރުކާރަށެވެ. އެގައުމުގައި ބޭރު ފައިސާގެ އަގު ވެއްޓެމުންދިއުމާއި، ކާބޯތަކެއްޗާއި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑަށް ކުރިމަތިވި ވެފައިވެއެވެ.

މުޒާހަރާތައް ފެށުނީ އޭޕްރީލް މަހު، ކާބޯތަކެއްޗާއި ތެލުގެ އަގު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެންނެވެ.

ރާޖަޕަކްސާ އެނބުރި ގައުމަށް އައުމަކީ އިތުރު މުޒާހަރާތަކަކަށް މަގުފަހި ވެދާނެ ކަމެއްކަމަށް ވެފައި އަދި އެއީ އާ ސަރުކާރަށް ނާޒުކު މައްސަލައެއް ކަމަށްވެދާނެކަމަށް ގައުމުގެ އާ ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

ސްރީލަންކާގެ އިދިކޮޅު ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުގައި މިވަގުތު ހާލަތު އޮތީ އޮޅުވާލައިގެން ހަމަޖެހޭ ގޮތަށް ކަމަށާއި އަނެއްކާވެސް ތެލާއި ކާބޯތަކެތީގެ ތަކެތި މެދުކެނޑިއްޖެ ނަމަ ކުރިއަށް އޮތް މަސްތަކުގައި އިތުރު މުޒާހަރާތަކެއް މަގުފަހިވާނެ ކަމަށެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.