ޗައިނާއަށް އައި ބިންހެލުމަފަހު ފެންނަ މަންޒަރެއް

ދުނިޔެ

ޗައިނާގެ ސިޗުއާނަށް އައި ބިންހެލުމުގައި މީހުން މަރުވެ، ގެއްލުން ވެއްޖެ

ޒައިން ޠާލިބް - އޭޝިއާ | 6 ސެޕްޓެންބަރ 2022 , އަންގާރަ 10:00   317

ޗައިނާގެ ހުޅަނގު ދެކުނަށް އައި 6.6 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން 46 މީހުން މަރުވެފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފިއެވެ. މި ބިންހެލުން އައީ 13:00 ހާއިރު ސިޗުއާން ޕްރޮވިންސަށެވެ. އެއީ، 10 ކިލޯމީޓަރު އަޑިންނެވެ.

އެ އަސަރުގެ ސަބަބުން ޓެލެކޮމިއުނިކޭޝަން ލައިންތައް ކަނޑައިގެންގޮސް، ފަރުބަދަމަތިން ބިންގަނޑު ކަނޑައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ލޯކަލް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސްޓޭޓް ބްރޯޑްކާސްޓާ ސީސީޓީވީން ބުނީ ޔައާން ސިޓީން 17 މީހަކު މަރުވެފައިވާއިރު، އަވަށްޓެރި ގަންޒީ ޕްރިފެކްޗާއިން 29 މީހަކު މަރުވެފައިވާ ކަމަށެވެ.

އިތުރު 16 މީހަކު ގެއްލިގެން ހޯދަމުންދާއިރު 50 މީހަކު ވަނީ ޒަހަމްވެފައި އެވެ. ޗެންގްޑޫ އާއި އަވަށްޓެރި މެގަ ސިޓީ ޗޮންގްކިންގެ އިމާރާތްތަކަށް ބިންހެލުން އައިސް 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މަގުތައް ބަންދުވެ މުވާސަލާތީ ލައިންތައް ވެސް ކަނޑާލި އެވެ.

އަދި އެ ލޮޅުންތަކުގެ ސަބަބުން ގަރްޒޭ އާއި ޔައާން ސަރަހައްދުގެ ބައެއް އިންޖީނުގެތައް ނިއްވާލަންވެސް މަޖުބޫރުވި އެވެ.

2008 ވަނަ އަހަރު ސިޗުއާންގެ ހުޅަނގު އުތުރުގެ ވެންޗުއާން ކައުންޓީއަށް އައި 8.0 މެގްނިޓިއުޑްގެ ބިންހެލުމެއްގެ ސަބަބުން 70،000 މީހުން މަރުވެ، ފުޅާދާއިރާއެއްގައި ގެއްލުން ލިބުނު ބިންހެލުމެއްގެ ހަނދާނަށް މި ބިންހެލުމުން އަރުވާލި އެވެ.

ޓެގްސް: ޗައިނާ ކާރިސާ ބިންހެލުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.