ދުނިޔޭގެ އިޤްތިސާދު ނާޒުކުފައްތަރެއްގައި

ވިޔަފާރި

ދުނިޔޭގެ އިޤްތިޞާދު އަދިވެސް އަނދަވަޅެއްގެ ތެރޭގައި

ދާނިޝް - ޔޫރަޕް | 6 ސެޕްޓެންބަރ 2022 , އަންގާރަ 19:22   415

ފާއިތުވި 2 އަހަރުގެ ތެރޭގައި ދުނިޔޭގެ އިޤްތިސާދަށް ބޮޑެތި ހީނަރު ކަމެއް އައިސް، ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އުފުލިގެން ގޮސް މިހާރު އަގުތަކުގެ ޕްރެޝަރަށް މިވަނީ ކުޑަވަރެއްގެ ލުޔެއް ލިބުނުނަމަވެސް، ދިރާސާ ތަކުން ދައްކާ ގޮތުގައި ޔޫރޯ ޒޯންގެ ގައުމު ތަކުގެ އިޤްތިޞާދީ ދުވެލި މިވަނީ މަޑުޖެހިފައެވެ. އަދި ރިސެޝަނަކާއި ދިމާލަށް މިވަނީ މިސްރާބު ޖަހައިފައެވެ.

އެންމެ ފަހުގެ ސާރވޭ ރިޕޯޓްތައް ދައްކާގޮތުގައި ދުނިޔޭގެ މަރުކަޒީ ބޭންކުން އަންދާޒާކޮށްފައިވާ ވަރަށް ވުރެ ހަތަރު ގުނަ އިތުރަށް އިންފްލޭޝަން ރޭޓް މިވަނީ އުފުލިފައެވެ. މަރުކަޒީ ބޭންކުން ޓާގެޓް ކޮށްފައިވާ ވަނީ 2% ގެ އުފުލުމެކެވެ. ރޮއިޓާސްގެ ޕޯލުގެ މާހިރުންގެ ގިނަ ބޭފުޅުން މައުލޫމާތު ދެއްވާ ގޮތުގައި މި ހަފްތާގައި އީސީބީން ކުރިން ނުފެންނަ 75 ބެސިސް ޕޮއިންޓް ރޭޓް ބޮޑުވާނެއެވެ.

އެހެން ނަމަވެސް ރަޝިއާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދިނުން މުއްދަތެއް ނެތް ގޮތަށް ހުއްޓުމާއި ގުޅިގެން ވޭތުވެދިޔަ 20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޔޫރޯގެ އަގު 99 އެމެރިކާ ސެންޓަށް ވުރެ ދަށަށް ވެއްޓިފައިވާ ކަން އެ ބޭފުޅުން ފާހަގަކުރައްވައެވެ

ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދީ ބާރަކީ ޖަރުމަންވިލާތެވެ. އެ ޤައުމުގެ އިގްތިސާދު ވިދިވިދިގެން ދެވަނަ ކުއާޓަރުގައި ދަށްވެފައިވާއިރު، އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން އެތެރޭގެ ޑިމާންޑްތަކަށްވެސް ވަނީ ބޮޑު އަސަރެއް ކޮށްފައިކަން އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރޮއިޓާސްގެ ޕޯލުން އިން ލަފާކުރާ ގޮތުގައި، މި ކުއާޓަރުން ފެށިގެން ވިދިވިދިގެން 3 ކުއާޓަރުގައި އެގައުމުގެ އިގްތިސާދީ ދުވެލި މަޑުވާނެއެވެ.

ހަމައެއާއި އެކު ޔޫރޯ ޒޯނުގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ފްރާންސްގެ އިގްތިސާދީ ދުވެލިވެސް ވަނީ މަޑުޖެހިފައެވެ. އިނގިރޭސި ވިލާތުގެ އިޤްތިސާދީ ހާލަތުވެސް ނާޒުކުފައްތަރެއްގައި ވާއިރު އެ ގައުމުގެ ވިޔަފާރީގެ ހަރަކާތްތައް ވެސް ވަނީ ދަށްވެފައެވެ.

މިއާއި އެކި ޕީއެމްއައި އިން (އިގްތިސާދީ ހާލާތު އަންގައިދޭ ގައިޑެއްގެ ގޮތުގައި ދެކޭ އެސް އެންޑް ޕީ ގްލޯބަލްގެ ފައިނަލް ކޮމްޕޮޒިޓް ޕާޗޭސިން މެނޭޖަރސް އިންޑެކްސް) ދައްކާ ގޮތުގައި އެ ގައުމުވެސް އޮތީ ރިސްޝަނެއްގެ ތުންމަތީގައެވެ. ޕީއެމްއައި އިން ދައްކާގޮތުގައި ޔޫރޯޒޯންގެ ޕީއެމްއައި އިންޑެކްސް އޮގަސްޓްމަހު ވަނީ 49.9 އިން 48.9 އަށް ވެއްޓިފައެވެ.

ޓެގްސް: ދުނިޔޭގެ އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.