ސީރިއާއަށް އަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

ދުނިޔެ

އިޒްރޭލުން ހަފްތާއެއްގެތެރޭ ދެވަނަފަހަރަށް ސީރިއާ ވައިގެބަނދަރަކަށް ބޮންއަޅައި ހުއްޓުމަކަށް ގެނެސްފި

އަލީ އަޒްޔަން - މެދުއިރުމަތި | 7 ސެޕްޓެންބަރ 2022 , ބުދަ 17:51   237

އިޒްރޭލުން އަނެއްކާވެސް ސީރިއާގެ އުތުރުގައި އޮންނަ އެލެޕޯ ވައިގެ ބަނދަރަށް ހަމަލާދީ އެތާނގެ ރަންވޭ ހަލާކޮށްލައި އެއަރޕޯޓް ހުއްޓުމަކަށް ގެނެސްފިއެވެ. މިއީ އިޒްރޭލުން އެގައުމަށް ހަފްތާއެއްގެ ތެރޭ ދިން މިފަދަ ދެވަނަ ޙަމަލާއެވެ.

ސަނާ ނިއުސް އެޖެންސީ އާއި ޙަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އިޒްރޭލުން މިހަމަލާދީފައިވަނީ، އަންގާރަދުވަހުގެރޭ އެތާ ގަޑިން ރޭގަނޑު 8.16 އެހާކަށްހާއިރު ކަމަށެވެ.

އިޒްރޭލުން ދިން މިޙަމަލާގައި މީހުންނަށް ލިބުނު ގެއްލުމުގެ ތަފްޞީލް ލިބިފައިނުވި ނަމަވެސް، ތަނަށާއި ތެކެއްޗަށް ބޮޑެތިގެއްލުންތައް ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މިވައިގެ ބަނދަރުގެ އޮޕަރޭޝަން ހުއްޓާލަންޖެހުމުން، ހުރިހާ ފްލައިޓެއް ވަނީ ވެރިރަށް ދިމިޝްގެ މައި އެއަރޕޯޓަށް ޑައިވާޓްކޮށްފައެވެ. ސީރިއާގެ ފޮރިން މިނިސްޓަރު ބުނެފައިވަނީ ޙަމަލާގެ ސަބަބުން ނެވިކަމުގައި ބޭނުން ހުރިހާތަކެއް އެކީއެއްކޮށް ހަލާކުވެފައިވާކަމަށެވެ.

އަލްޖަޒީރާ ބުނާގޮތުން، 2011 އިން ފެށިގެން އިޒްރޭލުން އަންނަނީ ތަކުރާރުކޮށް މިދަފަދަ އެތައްސަތޭކަ ޙަމަލާ ސިރިއާއަށް ދެމުންނެވެ. ނަމަވެސް އިޒްރޭލުން އެފަދަކަންކަން ކުރާކަން ވަރަށް މަދުން ނޫނީ ހާމަކޮށްފައިނުވެއެވެ.

ޓެގްސް: އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.