އެމެރިކާގެ މަޝްހޫރު ހައިޓެކް ކުންފުނި އެޕަލް އިން ތަފާތު 6 އުފެއްދުމެއް ބާޒާރަށް ނެރެފިއެވެ. މީގެތެރޭގައި އައިފޯން-14 ގެ ހަތަރު މޮޑެލްއަކާއި، އެޕަލް ވޮޗްގެ ދެ މޮޑެލް ހިމެނެއެވެ.
މިކަމަށްޓަކައި އެޕަލް ކުންފުނިން ރޭ ބިޔަ އިވެންޓެއް ވެސް ބާއްވާފައެވެ. މިއީ ކުންފުނީގެ ފަހުގެ ތާރީޚުގައި ވެސް ނުދެކޭފަދަ އުޖާލާ ދުވަސްތަކެއްކަމަށް ދިރާސާ ރިޕޯޓްތައް ބުނެއެވެ.
އައިފޯން-14
އެޕަލް އިންވަނީ އައިފޯން-14 ގެ ހަތަރު މޮޑެލްއެއް ތަޢާރަފްކޮށްފައެވެ. އެއީ:
- އައި-ފޯން 14 "6.1 USD 799 (މިޑްނައިޓް، ޕާޕްލް، ސްޓާރލައިޓް، ނޫކުލަ، ރަތްކުލަ / ބަރުދަނުގައި 172ގ / ކެމެރާ 12+12 މޕ / އެލްމެނިއާ ފްރޭމް
- އައިފޯން 14 ޕްރޯ "6.1 USD 999 (ސްޕޭސް ބްލެކް، ސިލްވާ، ގޯލްޑް، ޑީޕް ޕާޕްލް / ބަރުދަނުގައި 206ގ / ކެމެރާ 12+12 މޕ/ އެލްމެނިއާ ފްރޭމް
- އައިފޯން 14 ޕްލަސް "6.7 USD 899 (މިޑްނައިޓް، ޕާޕްލް، ސްޓާރލައިޓް، ނޫކުލަ، ރަތްކުލަ / ބަރުދަނުގައި 203ގ / ކެމެރާ 12+12+48 މޕ / ސްޓީލްފްރޭމް
- އައިފޯން 14 ޕްރޯ މެކްސް "6.7 USD 1099 (ސްޕޭސް ބްލެކް، ސިލްވާ، ގޯލްޑް، ޑީޕް ޕާޕްލް / ބަރުދަނުގައި 240ގ / ކެމެރާ 12+12+48 މޕ / ސްޓީލް ފްރޭމް

އައިފޯން-14 ގެ ހަތަރު މޮޑެލްގައި ވެސް ބޭނުން ކުރަނީ އައިއޯއެސް-16 އެވެ، އަދި އެއްވެސް މޮޑެލްއެއްގައި ކާޑް ސްލޮޓް ނުހުންނާނެއެވެ. ހުރިހާ ފޯނެއްގައި ވެސް އީ-ސިމް ބޭނުން ކުރެވޭނެއެވެ. ކުރިމަތީ ކެމެރާ ހުރިހާ ފޯނެއްގައި ވެސް ހުންނާނީ 12MP އެވެ.