ޒަމާނަށް އައިސް ފައިވާ ބަދަލާއިއެކު، ކަރަންޓާއި ފެނުގެ އަގު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި ބޭނުން ވަރަކަށް ފެން މިހާރު ލިބޭއިރު، ބޭނުން ފިނިހޫނު މިނެއްގައި ވެސް ބެހެއްޓެއެވެ. ނަމަވެސް ފިނި ހޫނުމިން ބަހައްޓަން ޖެހޭ މިންގަނޑާއި މެދު ދޭތެރެ ދޭތެރެއިން އަހަރުމެން ހިތާ ހިތާ ސުވާލުކުރަމުއެވެ.
ސައިންސްގެ އަލީގައި ހޯދާފައިވާ ހޯދުންތައް ދައްކާގޮތުން، ފެންވެރުމުގެ ވައްޓަފާޅިއާއި މީހާގެ ސިއްޙީ ދުޅަހެޔޮކަމާއި، ހިތްހަމަޖެހުމާއި، ހަށިގަނޑަށް އަރާމު ހޯދުމާއި ވެސް ބޮޑު ގުޅުމެއް ވެއެވެ.
އެމެރިކާގެ މަޝްހޫރު މޭޔޯ ކްލިކުގެ ރިސާރޗުތައް ދައްކާގޮތުން، ފެންވެރުމުގައި ފިނިފެނާއި ހޫނުފެން ބޭނުންކުރަންޖެހޭ ނުވަތަ ބޭނުންކުރަން ރަނގަޅު ޙާލަތްތަކެއް ވެއެވެ.
މިގޮތުން، ގައިކަހާ ހަންގަނޑު ހިރުވާނަމަ ފިނިފެނުން ފެންވެރުމުން ކެހުން ދަށްވެއެވެ. އަދި އޭގެ ސަބަބުން ހަންގަޑުގައި ހުންނަ ގުދުރަތީ ތެލާއި، ހަމަުގެ ބައިތައް، އަދި އިސްތަށިތައް އެކުގައި ވަރުގަދައަށް ބެހެއްޓުމަށް އެހީތެރިވެދެއެވެ.

ގިނަ ޑޮކްޓަރުން ލަފާ ދެއްވަނީ ދުވާލުގެ ގަޑިތަކުގައި ހޫނުފެން ފެންވެރުމުގައި ބޭނުން ނުކުރުމަށެވެ. އަދި ފެން އެޅުމުގައި މަތިންތިރިއަށް ފެން އެޅުމަށް ސަމާލުކަން ދިނުމަށް ވެސް ބުނެފައިވެއެވެ.
ދެން ހޫނު ފެން ބޭނުން ކުރަން ޖެހޭ ޙާލަތްތަކެއް ވެސް އެބަހުއްޓެވެ. މިގޮތުން ހިހޫ (އެހާ ހޫނު ގަދަނޫން) ފެނުން ރޭގަނޑު ނިދުމުގެ ކުރިން ފެންވެރުމުން މަސްތަކަށް ލުއިކަން ގެނެސްދީ، ނިދުމުގައި ފަސޭހަވެއެވެ. އަދި، ނޭވާ ހިއްލާ އުނދާގޫވެ، ފުރަމޭ ކޮންޖެސްޓް ވެފައިވާނަމަ ލުއިކަން އިޙްސާސްވާނެއެވެ. އަދި 'އިވަޕޮރޭޝަން' އާއި އެކު ހަށިގަނޑުން ހޫނު ބޭރުކުރަން އެހީތެރިވެދެއެވެ. އަދި ނިދުމުގެކުރުން މީހާ ކޫލް-ޑައުން ވާން އެހީތެރިވެދެއެވެ.
ނަމަވެސް، ހޫނު ގަދަ ފެން ގިނައިން ބޭނުންކުރުމުން އިސްތައްޓާއި ހަންގަނޑަށް ވަރަށް ބޮޑަށް ގެއްލުންވާކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އެހެންވެ ވީހާވެސް ބޮޑަކަށް ހޫނު ފެނާއި ދުރުވުމަށް އިލްތިމާސްކޮށްފައި ވެއެވެ.