ސޮޝަލްމީޑި ޗެޓް މެސެޖިންގ އެޕް، ފޭސްބުކްގެ އުފެއްދުމެއްކަމަށްވާ ވަޓްސްއެޕް

ޓެކްނޯލޮޖީ

ވަޓްސްއެޕަށް އަަށް ބައެއް އާކަންކަން ތަޢާރަފްކޮށްފި

ދާނިޝް - އެމެރިކާ | 17 ސެޕްޓެންބަރ 2022 , ހޮނިހިރު 08:09   330

ދުނިޔޭގެ އެންމެ ގިނަބަޔަކު ބޭނުންކުރާ، މަޝްހޫރު މެސެޖިން ޕްލެޓްފޯމް ވަޓްސްއެޕްގެ މެސެޖިން އެޕަށް ބަދަލު ތަކެއް ގެނެސްފިއެވެ.

މެސްޖް ޑިލީޓް ކުރުމާއި ގްރޫޕު ކުރުމުގެ ފީޗާތަކަށް ބޮޑު ބަދަލެއް ގެނައުމާއި އެކު ގެނައި މި އަޕްޑޭޓަކީ ގިނަ ބަޔަކު ކުރަމުން އައި ދިގު އިންތިޒާރަކަށް ނިމުމެއް ގެނައި ކަމެކެވެ.

މި އައު އަޕްޑޭޓިގައި ފާހގަކޮށްލެވޭ އެންމެ ބޮޑު ބަދަލަކީ ފޮނުވާ މެސެޖުތައް ޑިލީޓް ކުރުމުގެ ފީޗާ އެވެ. ކުރިން ވަޓަސްއެޕުގައި އަމިއްލަ ފޮނުވާ މެސެޖު ޑިލީޓް ކުރެވޭނީ އެ ފޮނުވުމަށްފަހު 30 މިނެޓު ތެރޭގަ އެވެ. އެއަށްފަހު މެސެޖަކަށް ބަދަލެއް ނުގެނެވޭނެ އެވެ. އައު އަޕްޑޭޓާއެކު މެސެޖު ފޮނުވުމަށް ފަހު ދެ ދުވަސް ވަންދެން އެ މެސެޖް ޑިލީޓް ކުރުމުގެ ބާރު ޔޫސަރުންނަށް އޮވެއެވެ. އަދި "ޑިލީޓް ފޯ މީ" ހެދިއްޖެ ނަމަ އެ ވަގުތު އެ "އަންޑޫ ކޮށް "ޑިލީޓް ފޯ އެވްރިވަން" ހެދޭނެ އެވެ.

ރާއްޖޭގެ ނިސްބަތައް ބަލައިއިރު ގިނަ މީހުން ވަޓްސްއެޕް ބޭނުންކުރަނީ މަސައްކަތުގެ މާހައުލުގަ އެވެ. މިއާއިއެކު އަލަށް ގެނައި އަޕްޑޭޓުގައި ގްރޫޕް ޗެޓެއްގައި ބައިވެރިވެވޭ މީހުންގެ އަދަދު ވަނީ300 އިން 512 އަށް އިތުރު ކޮށްފަ އެވެ. އެހެންކަމުން މިއީ މުއާމަލާތު ކުރުމަށް ވަޓްސްއެޕް ބޭނުންކުރާ އޮފީސް ތަކަށް ލުޔެއް ގެނެސްދޭނެ ކަމެކެވެ.

މީގެ އިތުރުން ވަޓްސްއެޕް އިން ނެރުނު އައު ފީޗާ ތަކަށް ބަލައިއިރު މިހާރު ވަޓްސްއެޕް މެދުވެރިކޮށް އަޕްލޯޑުކޮށް ފޮނުވާ ފައިލްތަކުގެ ސައިޒަށް ވެސް ވަނީ މިހާރު ދެ ޖީބީ އަށް ވުރެ ބޮޑު ނުވާ ފައިލެއް ނުވަތަ ފައިލްތަކެއް އެއް ފަހަރާ ފޮނުވާލެވޭނެ ގޮތައް ވަނީ އަޕްޑޭޓްކޮށްފައެވެ. އަދި ކިޔާފައި ހުރި މެސެޖުތަކާއި ނުކިޔާ ހުންނަ މެސެޖުތަކުގެ ޗެޓްތައް ވަކިން ބަލައިލެވޭ ގޮތަށް ފިލްޓާއެއް ވެސް ވަނީ ތައާރަފްކޮށްފައެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.