ސިންގަޕޫރުގެ ބާޒާރެއްގެ މަންޒަރެއް

ވިޔަފާރި

ސިންގަޕޫރުން ބޭރުކުރި މުދަލުގެ މިދިޔަ މަހު ބޮޑުތަން އިތުރުވެއްޖެ

ދާނިޝް - އޭޝިއާ | 19 ސެޕްޓެންބަރ 2022 , ހޯމަ 10:11   368

ސިންގަޕޫރުން އެކްސްޕޯޓުކުރި މުދަލުގެ މިންވަރު އޮގަސްޓުމަހު 11.4 އިންސައްތައަށް އިތުރުވެއްޖެ ކަމަށް އެގައުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކާބޯތަކެތި ތައްޔާރުކުރުމާއި، ބޭސްވެރިކަމާއި، ބޯޓުތަކާއި ދޯނިތަކުގެ ސްޓްރަކްޗަރތަކަކީ އިލެކްޓްރިކް ނޫން ތަކެތީގެ ތެރެއިން އެކްސްޕޯޓު އިތުރުވި މައިގަނޑު ތަކެއްޗެވެ.

ސިންގަޕޫރުގެ މީޑިއާ ތަކުން މައުލޫމާތު ދޭގޮތުގައި މި އިތުރުވުމަކީ ޖުލައި މަހާއި ބަލައިރު 4.4 އިންސައްތާގެ އިތުރުވުމެކެވެ. އެންޓަޕްރައިސް ސިންގަޕޫރު، އީއެސްޖީއިން އާންމުކުރި ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ތެޔޮ ނޫން ތަކެތި އެކްސްޕޯޓްކުރި މިންވަރު ކުރިއަރާފައިވާއިރު އިލެކްޓްރޯނިކްސް ތަކެތި އެކްސްޕޯޓްކުރި މިންވަރު ވަނީ ދަށަށް ގޮސްފައެވެ. ޖުމްލަކޮށް ދުނިޔޭގެ އެންމެ ގަދަ 10 މާކެޓަށް އޮގަސްޓުމަހު އެކްސްޕޯޓުކުރި މިންވަރު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން މަހުން މަހަށް ސީޒަނަލް އެޖެސްޓްކުރާ އުސޫލުން ބަލާއިރު، ޖުލައިމަހު ތެޔޮ ނޫން ތަކެތި އެކްސްޕޯޓުކުރި މިންވަރު %1.4 އަށް އިތުރުވުމަށްފަހު އޮގަސްޓްމަހު ވަނީ %3.9 އަށް ދަށްވެފައެވެ. އަދި ސީޒަނަލް އެޖެސްޓް އުސޫލުން ބަލާއިރު އޮގަސްޓްމަހު ތެޔޮ ނޫން ތަކެތި އެކްސްޕޯޓުކުރި މިންވަރު ވަނީ 17.1 ބިލިއަން ސިންގަޕޫރު ޑޮލަރަށް އަރާފައެވެ.

ހަމައެއާއިއެކު ސިންގަޕޫރުގެ އިންޓެގްރޭޓެޑް ސާކިއުޓް އެކްސްޕޯޓުކުރި މިންވަރު %6 އަށް ދަށްވެފައިވާއިރު، ޑިސްކް މީޑިއާ ޕްރޮޑަކްޓް %21.3 އަށް ވަނީ ދަށްވެފައެވެ. އަދި ޕާސަނަލް ކޮމްޕިއުޓަރުގެ ބައިތައް އެކްސްޕޯޓުކުރި މިންވަރު ވަނީ %23.5 އަށް ދަށްވެފައެވެ.

ޓެގްސް: ސިންގަޕޯރ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.