ޖޯނީ ޑެޕް، އޭމްބާ ހާޑް، މާކް ހަޕްކާ އަދި މެގަން ޑޭވިސް

މުނިފޫހިފިލުވުން

ޖޯނީ ޑެޕް އާއި އެމްބާ ހާޑްގެ ވާހަކަ ފިލްމަކަށް

ދާނިޝް - އެމެރިކާ | 19 ސެޕްޓެންބަރ 2022 , ހޯމަ 17:08   434

މިދިޔަ އޭޕްރީލް މަހުން ފެށިގެން 6 ހަފްތާގެ މުއްދަތައް ދިގުދެމިގެން ދިޔަ މަޝްހޫރު އެކްޓަރ ޖޯނީ ޑެޕްއާއި އެމްބާ ހާޑްގެ ކޯޓް މައްސަލަގަނޑުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމާފައިވާ ކަން މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފިލްމަށް ދީފައިވާ ނަމަކީ ހޮޓް ޓޭކް: ދަ ޑެޕް/ހެއާޑް ޓްރައިއަލް" އެވެ.

މި ފިލްމަކީ ޓޫބީ ސްޓްރީމިން ސާވިސް އިން ދައްކާ ފިލްމެކެވެ. އަދި ފިލްމުގައި ޖޯނީ ޑެޕްގެ ރޯލުން ފެނިގެންދާނީ މާކް ހަޕްކާ އަދި އެމްބާގެ ރޯލުން ފެންނާނީ މެގަން ޑޭވިސްއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމު ޕްރިމިއަރ ކުރާނީ މިމަހުގެ 30 ގައެވެ. ޑެޕްގެ ވަކީލު ކެމިލް ވަސްކޭޒްގެ ރޯލުން ފެންނާނީ "ސްޓޭޝަން 19" ގެ ތަރި މެލިސާ މާޓީ އެވެ. އެމްބާގެ ވަކީލު އިލިއަން ބްރެޑްހޯފްޓްގެ ރޯލުން ފެންނާނީ "ލޯ އެންޑް އޯޑާ ޓްރޫ ކްރައިމް" ގެ ތަރި މެރީ ކެރިގްއެވެ.

މީޑިއާ ތަކުން ރިޕޯޓްކުރާ ގޮތުގައި މި ފިލްމު ސެޕްޓެމްބަރ މަހުގެ ފަހުކޮޅު ނުކުންނާނެއެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.