ގަރާންގް ކުއޯލް (މ) ނިއުކާސްލްއަށް، މިސްރަށް އުފަން ސައުތު ސޫދާނުން އޮސްޓްރޭލިއާއަށް ހިޖުރަކުރި ރައްޔިތެއް

ކުޅިވަރު

ގަރާންގް ކުއޯލް ނިއުކާސްލްއަށް

ދާނިޝް - އޮސްޓުރޭލިއާ | 2 އޮކްޓޯބަރ 2022 , އާދީއްތަ 11:28   288

ސެންޓްރަލް ކޯސްޓް މެރިނަރސްއަށް ކުޅެމުން ދިޔަ އޮސްޓްރޭލިއާގެ ޒުވާން ފޯވަޑް ގަރާންގް ކުއޯލް އިންގްލަންޑް ޕްރިމިއަރ ލީގުގެ ނިއުކާސްލްއަށް މިއަންނަ އަހަރުގެ ޖެނުއަރީ މަހު ސޮއިކުރާނެ ކަން އެ ޓީމުން ހާމަކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ނިއުކާސަލް އިން ޓްރާންސްފަރ ފީ އެއްގެ ގޮތުގައި ތިންސަތޭކަ ހާސް ޕައުންޑް ސެންޓްރަލް ކޯސްޓް މެރިނަރސްއަށް ދައްކާފައިކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ. އަދި ކުއޯލްގެ ކުޅުމާ އެކު ބޯނަހާއި އިތުރު ބައިތަކުގެ ދަށުން މި އަގު އިތުރު ވެގެންދާނެކަމަށް ބެލެވެއެވެ.

މިސްރަށް އުފަން އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ އަކީ ސޫދާންއިން ރެފިއުޖީއެއްގެ ގޮތުގައި އޮސްޓްރޭލިއާއަށް ހިޖުރަކުރި މީހެކެވެ. އޭނާ ނިއުކާސިލް އަށް ޓްރާންސްފާ ވުމާއި ބެހޭ ގޮތުން ވާހަކަދައްކަމުން އޭނާ ހާމަކުރިގޮތުގައި މިއީ ގަބޫލުކުރަން ވެސް ދަތި، ވަގުތުކޮޅެއް ކަމުގައެވެ. އަދި ޕްރިމިއަރ ލީގަގީ އޭނާ އެންމެ ގަޔާވެގެން ބަލައި ލީގު ކަމަށާއި އެ ލީގުގައި ކުޅުމުގެ ފުރުސަތު ލިބުމަކިީ އެއްވެސް ވަރަކަށް ކުރިން އުންމީދުކުރި ކަމެއްވެސް ނޫންކަމަށެވެ.

ކުއޯލްވަނީ އޮސްޓްރޭލިއާ ޤައުމީ ޓީމުންވެސް މިދިޔަ ހަފްތާގައި ޖާގަހޯދާފައެވެ. މިއާއެކު އޭނާ ވެފައިވަނީ 1996 ވަނަ އަހަރު ހެރީ ކިއުލް އަށް ފަހު އޮސްޓްރޭލިއާ ޤައުމީ ޓީމުން ޖާގަހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ނިއުކާސްލްގެ ކޯޗް އެޑީ ހޯވް ކުއޯލްގެ ޓްރާންސްފާއާއި މެދު ވަރަށް ހިތްހަަމަޖެހިފައިވާ ކަން ވަނީ ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި ކުއޯލްއަކީ ވަރަށް ހުށިޔާރު އަދި ހަލުވި ފޯވަޑެކެވެ. އަދި އޭނާގެ ގޯލް ޖެހުމުގެ ހުނަރުވެސް ވަރަށް ރަނގަޅުކަމަށް ހޯވް ފާހަގަ ކުރިއެވެ. ކުރިއަށް އޮތް ދެތިން އަހަރު ވެގެންދާނީ ކުއޯލްއަށް ޕްރިމިއަރ ލީގަށް ހޭނި ކުޅުން ރަނގަޅު ކުރުމަށް ލިބިގެންދާނެ ރަނުގެ އަހަރުތަކަކަށް ކަމަށްވެސް ހޯވް ބުނިއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.