މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު

ދުނިޔެ

މަހާތީރު އަށް 97 އަހަރު، އަދިވެސް ސިޔާސީ ދާއިރާ ދޫކުރައްވަން ބޭނުންފުޅު ނުވޭ

އަލީ އަޒްޔަން - މެލޭޝިޔާ | 12 އޮކްޓޯބަރ 2022 , ބުދަ 07:50   307

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު އުމުރުން 97 އަހަރުގައި އަނެއްކާވެސް ސިޔާސީ ދާއިރާއަށް ނިކުންނަވައިފިއެވެ.

މަހާތީރު އަންގާރަ ދުވަހު އިޢްލާނުކުރެއްވި ގޮތުން މެލޭޝިއާގެ އުތުރުގައި އޮންނަ، ޓޫރިޒަމަށް މަޝްހޫރު ރަށެއްކަމަށްވާ ލަންކާވީ ދާއިރާގެ މަޖިލީސް ގޮނޑިއަށް ވާދަކުރައްވަން ވަނީ ނިންމަވާފައެވެ. އެކަމަކު ވެރިކަމަކަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައިނުވެއެވެ.

މަހާތީރު އަކީ މިހާރުވެސް އެގައުމުގެ ޤާނުނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.

މެލޭޝިއާގައި އަވަސް އިންތިޚާބެއް ބާއްވަން ޖެހުނީ މިހާރުގެ ބޮޑުވަޒީ އިސްމާއިލް ސަބްރީ އެޤައުމުގެ ޤާނޫނު ހަދާމަޖިލީސް ހޯމަދުވަހު އުވާލުމާއި ގުޅިގެންނެވެ. އެހެންކަމުން ކުރިއަށް އޮތް 60 ދުވަސް ތެރޭގައި އިންތިޚާބު ބާއްވަން ޖެހެއެވެ.

މަހާތީރުގެ އަތްޕުޅުގައި އެންމެ އުމުރުންވީ މީހަކަށް ވެރިކަން ކުރުމުގެ ދުނިޔޭގެ ރެކޯޑް ވެސް އޮވެއެވެ. މަހާތީރު، 2018 ވަނަ އަހަރު ދެވަނަ ފަހަރަށް އެނބުރި ވެރިކަމަށް ވަޑައިގަތް އިރު އުމުރުފުޅަކީ 94 އަހަރެވެ. އޭގެ ކުރިން 1981 އިން 2003 ވަނަ އަހަރާއި ހަމައަށް އެގައުމުގެ ވެރިކަން ކުރައްވާފައިވަނީ ވެސް މަހާތީރުއެވެ.

ޓެގްސް: މެލޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.